މުލައްދަނޑި ކަށިގަނޑު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

މުލައްދަނޑި ކަށިގަނޑު(އިނގިރޭސި ބަހުން: Humerus) އަކީ މުލައްދަނޑި ހިމެނޭ ހިސާބުގައިވާ ކަށިގަނޑު އެވެ. ތަފާތު ދެ ހުޅެއް އުފެދުމުގައި މި ކަށިގަނޑު ޝާމިލް ވެއެވެ. މަތިން މި ކަށިގަނޑު ގުޅެނީ ބޮބިފަޅި ކަށިގަނޑު އާއެވެ. އަދި ކަތުރު ކަށިގަނޑުއާއި ކުރިން ބުނި ބޮބި ފަޅި ކަށިގަނޑު އަދި މުލައްދަނޑި ކަށިގަނޑު ގުޅިގެން ކޮނޑު ހުޅު އުފެދެއެވެ. ތިރިން މިކަށިގަނޑު ބައިވެރިވަނީ އުޅަބޮށި ނުވަތަ އުޅަބޮށި ހުޅު އުފެދުމުގައެވެ.