މުރަކަމަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
މުރަކަ މަސް

މުރަކަ މަސް (ސައިންޓިފިކް ނަން: Dascyllus aruanus)ނުވަތަ (އިނގިރޭސި ބަހުން: three-Stripe Damsel, Humbug Dascyllus, Banded Dascyllus or White-tailed Damselfish)އަކީ ރާއްޖޭގެ ތިލަފަޅުފަޅުގައި ވަރަށް ގިނައަދަދަކަށް ދިރިއުޅޭ ރީތި މަހެކެވެ. މަސްގެންގުޅޭ ޓޭންކްއެއްގައި ނުވަތަ ފެންގަނޑެއްގައި ގެންގުޅެން ވަރަށް ރަގަޅު މަހެކެވެ. މުރަކަމަސް އާންމު ގޮތެއްގައި އުޅެނީ ބައިބަޔަށް މުރަކަ ތަކުގެ ތެރޭގައި އޭގެ ނިވަލުގައެވެ. މަހުގެ ދެއަރިމަތީގައި މަހުގެ ހުރަހަށް ފުޅާ ކަޅު ނުވަތަ ގަދަމުށި ކުލައިގެ ތިން ރޮނގު ހުރެއެވެ. މަހުގެ ނިގޫފަތް ހުންނަނީ އަޅި ކުލައިގައެވެ. މަހުގެ ކަންފަތްގަނޑުގެ ކުލައަކީ ހުދުކުލައެވެ. އަދި ކަންފަތްގަނޑުގެ ބުޑު ހުންނަނީ ކަޅުކުލައިގައެވެ.