މަދޫ ރަގުނާތު

ވިކިޕީޑިއާ އިން
މަދޫ ރަގުނާތު

މަދޫ ރަގުނާތު ( އުފަންވެފައިވަނީ މާރޗް 26 ) އަކީ ހިންދީ ފިލްމީ ތަރިއެކެވެ. މަދޫ އަކީ މަޝްހޫރު ހިންދީ ފިލްމީ ތަރި ހެމާ މާލިނީއަށް ބޮޑު ދައިތަ ކިޔާ ފަރާތެކެވެ. މަދޫގެ ބައްޕަ އަކީ ހެމާ މާލިނީގެ ބޭބެ ރަގުނާތު އެވެ.މަދޫގެ މަންމައަކީ ރެނޫކާ އެވެ. އެހެން ކަމުން މިއީ އީޝާ ޑިއޯލް އަދި އަހާނާ ޑިއޯލް ގެ ދެބެންގެ ދެދަރި ދައްތަ އެކެވެ.


[އުނިއިތުރު ގެންނަވާ] އަމިއްލަ ދިރިއުޅުން

މަދޫގެ ފިރިމީހާ އަކީ އާނަންދު ޝާހް އެވެ. އެދެމަފިރިންނަށް ދެއަންހެންކުދިން ލިބިފައިވެއެވެ. އެއީ ކޭލާ، އަދި އަމޭޔާ އެވެ. އުމުރުން 13 އަހަރުގައި މަންމަގެ ކިބައިން ބާރަތު ނަޓްޔަމް ޑާންސް ދަސްކޮށްފައި ވެއެވެ.


[އުނިއިތުރު ގެންނަވާ] ފިލްމީ ހަޔާތް

އިސްކޮޅުގައި 5.5 އިންޗި ހުންނަ މަދޫ ފުރަތަމަ ފެނިގެންދިޔައީ 1991 ވަނަ އަހަރު ތަމަޅަ ފިލްމް އަޒްހަގަން އިންނެވެ. އޭގެ ފަހުން ހިންދީ ފިލްމީ ދާއިރާއަށް ތަޢާރަފްވެގެން އައީ 1991 ވަނަ އަހަރު ނިކުތް ޕޫލް އައުރު ކާންޓޭ އިން އަޖޭ ދޭވްގަން އާއެކުގައެވެ. 1992 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ މަނީ ރަތުނަމް ގެ ރޯޖާ އިން މަދޫ ވަރަށް ބޮޑަށް މަޝްހޫރު ވެގެން ދިޔައެވެ.

މަދޫ ރަގުނާތު ވަނީ ހިންދީ، ތަމަޅަ، ކަންނަޑާ، މަޅަޔާލަމް ފިލްމްވެސް ކުޅެފައެވެ. ޖުމްލަ އެކު 30 އަށްވުރެ ގިނަ ފިލްްމް މަދޫ ކުޅެފައި ވެއެވެ.

Personal tools

Variants
Actions
ހިޔާލުފުޅުތައް
ސަމުގާ
އަތްމަތީފޮށި
އެހެން ބަސްބަހުން