ވިކްޓްރީ ސްޕޯޓްސް ކްލަބް

ވިކިޕީޑިއާ އިންވިކިޕީޑިއާ

???Look, I don't know what the Inbox Football Club is. Well, I don't even understand arabic, so how could I


ވިކްޓްރީ ސްޕޯޓްސް ކްލަބް އަކީ ދިވެހި ރާއްޖޭގެ މަޝްހޫރު ކުޅިވަރު ކްލަބެކެވެ. މިކްލަބް މަޝްހޫރު އެންމެ ބޮޑަށް މަޝްހޫރު ވެފައިވަނީ ފުޓްބޯޅައިގައެވެ.


ތާރީޚް[އުނިއިތުރު ގެންނަވާ]

1971 ވަނަ އަހަރުގެ ކުރީކޮޅު އަހަރެންނާއި އަހަރެންގެ ރަހުމަތްތެރިންތަކެއް އުޅުނީ ޒަމާނީ މިއުޒިކް ކްލަބް ކިޔާ ރިކްރިއޭޝަން ކްލަބެއްގައި! އަހަރެމެން އެންމެންނަކީ ވެސް މަޖީދިއްޔާ ސުކޫލްގައި އުޅުނު އިރު ރެޑް ހައުސް ގައި އުޅުނު މީހުން. އަހަރެމެންގެ މިއުޒިކް ކްލަބް ހިންގުމުގައި އިބްރާހީމް އަހުމަދު ( ގިނި ދޮންބެ ) އާއި މަޖީދިއްޔާ ސުކޫލްގެ ބޭންޑް މާސްޓަރަކަށް ހުރި މރ ސެމިޑޯން ވަރަށް އެހީތެރިވެދިން. ފުޓުބޯޅަ ކުޅޭ ތަންތަނަށް ދައްކަންޖެހޭ އަހަރީ ފީ 120 ރުފިޔާ އިން 240 ރުފިޔާ އަށް ބޮޑުކުރުމުން އަހަރެމެން ކަންބޮޑުވި. ސަބަބަކީ އޭރު އެވްރެޖް މުސާރަ އަކީ ވެސް 95 ރުފިޔާ ކަމަށްވާތީ މައިނާ އިބްރާހީމް ރަޝީދު، ވިކްޓްރީގެ ކުރީގެ ޖެނެރަލް މެނޭޖަރ އަދި ވިކްޓްރީގެ އެއްބާނީ.

އިބްރާހީމް އިސްމާޢީލް، ރިނބުދޫ މުހައްމަދު ނާޞިރު އަދި މުޙައްމަދު ފަރީދު އާއި އެހެން ބައެއް ރަހުމަތްތެރިން ގުޅިގެން، ގިނި ދޮންބެ، އަދި މރ ސެމިޑޯންގެ އެހީގައި ކުޅިވަރު ކްލަބެއް އުފެއްދުމަށް ކަނޑައެޅި އެވެ. އެއީ މާލޭގައި ކުޅިވަރު ކުޅޭނެ ތަންތަނަށް ފައިސާ ދެއްކުމަށް ފައިސާ ހޯދާނެ ގޮތެއް ހޯދުމުގެ ބޭނުމުގައެވެ. ކުޅިވަރު ކްލަބެއް އުފަންދަން ނިންމުމުން ދެން ކުރިމަތިވި މައްސަލަ އަކީ އާ ކްލަބެއް ރަޖިސްޓްރީ ކުރާނަމަ 1100 ރުފިޔާ ދައްކަންޖެހޭ ޖެހުމެވެ. އެގޮތުން އިބްރާހީމް އިސްމާއީލް، ހީނާ މޮހެދޭ، ދޮންތު، އަދި ދޮންބެ ގުޅިގެން ލާރި ހޯދާނެ ކެމްޕޭނެއް ހިންގުމަށް ނިންމި އެވެ. އެންމެ ފުރަތަމަ އެހީވެދެއްވި މީހެއްގެ ހައިސިއްޔަތުން އޭރު އޮތް އޯކިޑް ކްލަބް ގެ ވެރިޔާ އިބްރާހީމް މަނިކު ދޮންބެ އަހަރެމެން ކުޅެ މޮޅުވާ ކޮންމެ މެޗަކުން 100 ރުފިޔާ ދޭނެ ކަމަށް އެއްބަސް ވިއެވެ. ހަމަ އެގޮތަށް އިލްޔާސް އިބްރާހީމް ( މިހާރުގެ ހެލްތު މިނިސްޓަރ ) ވެސް 100 ރުފިޔާ ކެމްޕޭން ފެށި ދުވަހު އެހީއެއްގެ ގޮތުގައި ދެއްވި އެވެ.

އަހަރެމެން ބެޑްމިންޓަން ޓީމަކާއި ކްރިކެޓް ޓީމަކާއި އަދި އަންހެނުންގެ ހޮކީ ޓީމެއް އުފެއްދީމެވެ. އަދި އެގޮތުން އުފެއްދި ޓީމްތަކުގެ ތެރެއިން ބެޑްމިންޓަން މުބާރާތުގައި ފައިނަލް ގައި ކުޅެ، ބެޑްމިންޓަން އިން ބަލިވި ނަމަވެސް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ހޯދުނެވެ. އަދި އަންހެނުންގެ ހޮކީ ފައިނަލަށް ދިޔަ ނަމަވެސް ކޮންމެވެސް ސަބަބު ތަކާއި ހެދި އެ މުބާރާތުގެ ފައިނަލް ކެންސަލް ކުރިއެވެ. މިމުބާރާތްތަކުގެ މެޗްތައް ނިމިގެން ބެލިއިރު ގާތްގަނޑަކަށް 600 ރުފިޔާ ވަނީ ޖަމާ ކުރެވިފައެވެ. އެއީ ކްލަބެއް ރަޖިސްޓްރީ ކުރަން ބޭނުންވާ އަދަދުގެ ދެބައިކުޅަ އެއް ބަޔެވެ.

ޖުލައި 1971 ހާ ތާގައި އަހަރެމެންނަށް ފައިސާގެ އެހީގެ ގޮތުގައި ބައެއް ފަރާތްތަކުން އެހީވެ ދިނެވެ. އެގޮތުން އިބްރާހީމް ވަހީދު އަހުމަދު ( ވައިޖެހޭ ޅަހުއްތު )، މރ ސެމިޑޯން، ކުރީގެ ރައީސް އިބްރާހީމް ނާޞިރު އަދި ރެޑިއަމް ވަހީދު އާއި މިއިން ކޮންމެ ބޭފުޅަކުމެ 200 ރުފިޔާގެ އެހީއެއް ވެދެއްވި އެވެ. ކްލަބެއް ރަޖިސްޓްރީ ކުރާނެ ވަރަށް ފައިސާ ޖަމާވުމުން ކްލަބެއް ރަޖިސްޓްރީ ކުރަން ފެންނަ ރަގަޅު ދުވަހެއް ބެލުމެއް ދީނީ އިލްމުވެރިއެއް ކަމަށްވާ މެދުސީދީގެ އަރިހުން އެދުނީމެވެ. އަދި މެދު ސީދީ ބުނުއްވީ ޖުލައި 3 ވަނަ ދުވަހުގެ ހެދުނުގެ 10 ޖަހާއިރަކީ ރަގަޅު ސާއަތެއް ކަމަށެވެ. ކްލަބް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ހުރިހާ ލިޔުމެއް ތައްޔާރުކޮށްދީ ހެދީ އިބްރާހީމް ވަހީދު އަހުމަދު ( ވައިޖެހޭ ޅަހުއްތު ) އެވެ.

އަހަރެމެންގެ ތެރޭގައި 25 އަހަރުވެފައި ހުރި މީހަކު ނެތުމުން ކޮކާ އުމަރޭ ކައިރީގައި 25 އަހަރު ވެފައިވާ މީހެއްގެ ގޮތުގައި ސޮއިކުރުމަށް އެދުނީ އެވެ. ކްލަބުގެ ނަމާމެދު ތަފާތު ނަންތައް ކިޔައި ވާހަކަ ދެކެވި އެންމެ ފަހުން ކްލަބް ރަޖިސްޓްރީ ކުރީ ވިކްޓްރީ ސްޕޯޓްސް ކްލަބް ގެ ނަމުގައެވެ.

ވިކްޓްރީ އުފެދުނު އަހަރު އާދެ! 1971 ވަނަ އަހަރު ވިކްޓްރީ ވަނީ ގައުމީ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން ބެޑްމިންޓަން، ހޮކީ ، އަދި ވޮލީ ފަދަ ކުޅިވަރު ތަކުގައި ވެސް އެދުވަސްވަރު ވިކްޓްރީވަނީ އޭރުގެ ވަރުގަދަ ޓީމްތަކާއި ވާދަކޮށްފައެވެ.

މެނޭޖްމަންޓް[އުނިއިތުރު ގެންނަވާ]

ލިބިފައިވާ ކާމިޔާބީތައް[އުނިއިތުރު ގެންނަވާ]

1986, 1988, 1992, 1993, 2000, 2001, 2002, 2003, 2005, 2006،2007
1993, 2000,
2001, 2002, 2006
2006
1989

އޭ.އެފް.ސީ މުބާރާތްތަކުގައި ދައްކާފައިވާ ކުޅުން[އުނިއިތުރު ގެންނަވާ]

1987: ކޮލިފައި ސްޓޭޖް
1988: ކޮލިފައި ސްޓޭޖް
1990: ކޮލިފައި ސްޓޭޖް
1994: ގުރޫޕް މަރުހަލާ
1998: ދެވަނަ ބުރު ގައި
2007: ގުރޫޕް މަރުހަލާ
2001/02: ދެވަނަ ބުރުގައި


މިހާރުގެ ސްކޮޑް[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]