Jump to content

ވަން މޭން ބޭންޑް (ކާރޓޫނު ފިލްމު)

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ވަން މޭން ބޭންޑްގެ ޓްރެބަލް

ވަން މޭން ބޭންޑް އަކީ ޕިކްސާރ އެނިމޭޝަން ސްޓޫޑިއޯސްއިން އުފައްދާފައިވާ ކުރުފިލުމެކެވެ. މިފިލްމު ފުރަތަމަ އަޅުވާފައިވަނީ ފުރާންސްގައި އޮތް 29ވަނަ އެންނެސީ އެނިމޭޝަން ފެސްޓިވަލްގައެވެ. އަދި އެޔާޖެހިގެންއައި ފިއުޗާރ ފިލްމް ފެސްޓިވަލްގައި މިފިލްމަށް ޕްލެޓިނަމް ގްރޭންޑް ޕްރައިޒް ލިބުނެވެ. އެއީ އިޓަލީގެ ބޮލޮގްނާގައެވެ.
މިކުރުފިލުމު ލިޔެފައިވަނީ އެންޑްރޫ ޖިމެނޭޒް އާއި މާރކް އެންޑްރޫސްއެވެ. އަދި ޕްރޮޑިއުސް ކުރީ ޕިކްސާރސް ޝޯރޓް ގުރޫޕްގެ ހެޑް އޮސްނެޓް ޝުރާރއެވެ. މިކުރުފިލްމަށް ސްކޯރ ތައްޔާރުކުރީ މައިކަލް ގިއަޗީނޯއެވެ. މީނާއަކީ ދި އިންކްރެޑިބްލްސް ގެ ސްކޯރވެސް ތައްޔާރުކުރި މީހާއެވެ.
ޖެނުއަރީ 2006 ގައި މިފިލުމު އެކަޑަމީ އެވޯރޑް ފޯރ އެނިމޭޓަޑް ޝޯރޓް ފިލްމްސް އައް ނޮމިނޭޓު ވިއެވެ. އެހެންނަމަވެސް އެވޯޑް ލިބުނީ ޖޯން ކޭންމޭކާރ އާއި ޕެގީ ސްޓަރން ގެ ދަ މޫން އެންޑް ދަ ސަން: އެން އިމޭޖިންޑް ކޮންވަޒޭޝަން އަށެވެ.

އިތުރު ފާލަންތައް

[އުނިއިތުރު ގެންނަވާ]