އޮމާމަސް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ފިރިހެންހަށީގެ ބޯ(އިނގިރޭސި ބަހުން: Glans penis) އަކީ ފިރިހެން ހަށީގެ ކޮޅެވެ. މިތަނަށް ފިރިހެން ހަށީގެ ހެލްމެޓް އޭ ވެސް ކިޔައެވެ.ފިރިހެން ހަށީގެ ބޯ ނިވައިކޮށްދޭ ހަންކޮޅުގެ ސަބަބުން ޚިތާނު ނުކުރާ މީހުންގެ މިބައި އިންނަނީ ކޮންމެވެސް ވަރަކަށް ނޫނީ އެއްކޮށް ފޮރުވިފައެވެ. ޚިތާނު ކޮށްފައި ތިބޭ މީހުންގެ ފިރިހެން ހަށީގެ ބޯ އަބަދުވެސް ފެންނަށް އިންނާނެއެވެ. އޮމާމަސް މިހެން ވެސް މިތަނަށް ކިޔައެވެ.

ޚިތާނު ނުކޮށް ތިބޭ މީހުން ވެސް ، އަމިއްލައަށް ޖިންސީ އެދުން ފުއްދުން، ޖިންސީ ގުޅުން ހިންގުން، ނުވަތަ ފިރިހެން ހަށި ވަރުޖެހި ސީދާވުން، ފަދަ ޙާލަތްތަކުގައި ފިރިހެން ހަށީގެ ބޯ ރީތިކޮށް ފެންނަން އިންނާނެއެވެ. އެއީ މިފަދަ ޙާލަތްތަކުގައި ބޯ ނިވައިކޮށްދޭ ހަންކޮޅަށް ވާންވެ، ފަހަތަށް ޖެހިގެންދާތީއެވެ.