އޮށުގެ ކެންސަރު

ވިކިޕީޑިއާ އިން

އޮށް އޮންނަނީ ފިރިހެނުންގެ ޖިންސީ ގުނަވަނާއި ގުޅިގެން ތިރިއަށް އޮންނަ އުރަވަޅީގެ ތެރޭގައެވެ. ކޮންމެ މީހެއްގެ ވެސް ދެއޮށް އޮވެއެވެ. އޮށުން ކޮށްދޭ މަސައްކަތަކީ ފިރިހެނުންގެ ދަރިފަނި އުފެއްދުމާއި، ބައެއް ހޯރމޯންތައް އުފެއްދުމެވެ. އޮށުން އުފައްދާ އެންމެ ޚާއްޞަ ހޯރމޯން އަކީ ޓެސްޓެސްޓިރޯން އެވެ. އޮށުގެ ކެންސަރު (އިނގިރޭސި ބަހުން: Testicular Cancer)ޖެހި ޓިއުމަރު އުފެދޭގޮތް ދިމާވަނީ އުމުރުން 40-15 އަހަރާއި ދެމެދުގެ މީހުންނަށެވެ. މިކަމުގެ އަލާމާތަކީ އޮށް ދުޅަވުން ކަމުގައި ވިޔަސް ހަދާން ބަހައްޓަންޖެހޭ ކަމަކީ ކެންސަރު ޖެހުން ފިޔަވައި އެހެން ބައްޔެއްގެ ސަބަބުން ވެސް އޮށް ދުޅަވާގޮތް ދިމާވެދާނެ ކަމެވެ. ދެވައްތަރެއްގެ ކެންސަރު އޮށަށް ޖެހެއެވެ. އެއީ ޓެރެޓޯމާ އަދި ސެމިނޯމާ އެވެ.

ފިހުރިސްތު

[އުނިއިތުރު ގެންނަވާ] ސަބަބު

ޓެރެޓޯމާ ކެންސަރު ޖެހެނީ ލިމްފް އަދި ލޭގެ މަގުން ކެންސަރު ސެލްތައް ދަތުރުކޮށް އޮށަށް ވާޞިލްވުމުންނެވެ. ސެމިނޯމާ ޖެހޭ ވަކިސަބަބެއް އަދި ހޯދިފައެއް ނެތެވެ. ފިރިހެން ކުދިން އުފަންވާއިރު އާންމުކޮށް ހުންނަވަރަށް އެކުދިންގެ އޮށް ތިރިއަށް ނުޖެހޭނަމަ އެކަމުގެ ސަބަބުން އޮށުގެ ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުކަން ވަނީ ފާހަގަ ކުރެވިފައެވެ. އަލާމާތް: ގިނަފަހަރަށް ތަދުވުމެއްނެތި، އަނެއްބައި ފަހަރަށް ތަދުވުމާއެކު އޮށް ދުޅަވުން ( އާންމުކޮށް 40-30 އަހަރާއި ދެމެދުގެ މީހުންނަށް)

[އުނިއިތުރު ގެންނަވާ] ފަރުވާ

އޮށަށްޖެހޭ ކެންސަރަށް ފަރުވާކުރަނީ ކެންސަރު ފެތުރިފައިވާ މަރުހަލާތަކަށް ބަލައިގެންނެވެ.

  • ފުރަތަމަ މަރުހަލާ: ހަމައެކަނި އޮށް ދުޅަވުން
  • ދެވަނަ މަރުހަލާ: އޮށް ދުޅަވުން އަދި ބަނޑުގައިވާ ލިމްފްގޮށްތަކަށް ކެންސަރުގެ އަސަރު ފޯރުން
  • ތިންވަނަ މަރުހަލާ: އޮށް ދުޅަވުން އަދި ފުރަމޭ، މަސާނާ، އަދި ފުއްޕާމެޔަށް ކެންސަރުގެ އަސަރު ފޯރުން

[އުނިއިތުރު ގެންނަވާ] ފުރަތަމަ މަރުހަލާގައި

  • އޮޕަރޭޝަން ކުރުން
  • ރޭޑިއޭޝަން ދިނުން
  • ކީމޯތެރަޕީ ދިނުން

[އުނިއިތުރު ގެންނަވާ] ދެވަނަ އަދި ތިންވަނަ މަރުހަލާގައި

  • ރޭޑިއޭޝަން ދިނުން
  • ކީމޯތެރަޕީ ދިނުން

[އުނިއިތުރު ގެންނަވާ] ފަރުވާ

  • އޮޕަރޭޝަން ކުރުން
  • ރޭޑިއޭޝަން ދިނުން
  • ކީމޯތެރަޕީ ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.

[އުނިއިތުރު ގެންނަވާ] މަރުޖިޢުތައް

  • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005
Personal tools

Variants
Actions
ހިޔާލުފުޅުތައް
ސަމުގާ
އަތްމަތީފޮށި
އެހެން ބަސްބަހުން