އޮށާޅަ

ވިކިޕީޑިއާ އިންވިކިޕީޑިއާ

އޮށާޅަ އަކީ ޒުވާން ދުވަސްވަރު އަންހެން ކުދިންނާއި ފިރިހެން ކުދިންގެ މޫނު މަތިން ނަގާ ބިއްސެވެ. އާންމު ގޮތެއްގައި އޮށާޅަ ނަގަނީ އުމުރުން 20 އަހަރާއި 30 އަހަރާއި ދެމެދުގެ މީހުންގެ މޫނުންނެވެ.

އޮށާޅަ ނެގުމުގައި ވަރަށް ގިނަ ކަންތައްތަކެއް ހިއްސާވެއެވެ.

  • ފުރާވަރަށް އަރާ ދުވަސްވަރު ހަށިގަނޑުގެ ހޯރމޯން ތައް އިތުރުވުން: މިހޯރމޯން ތަކުގެ ސަބަބުން ހަމުގައި ހުންނަ ތެޔޮ އުފައްދާ ގްލޭންޑް ތަކުގެ ސައިޒު އަދި އޭގެ މަސައްކަތް އިތުރު ކުރުވައެވެ.
  • ތެޔޮ އުފައްދާ ގްލޭންޑް ތަކުން ބޭރުކުރާ ތެޔޮ ހަމުގެ ފަށަލަ އާއި ހަމައަށް ގެނެސްދޭ ކެނަލްތައް ހަމުގައި ހުންނަ ޕްރޮޓީން އެއް ކަމުގައިވާ ކެރަޓިން އިން ބެދުން
  • ގްލޭންޑް ތަކުގެ މަސައްކަތް އިތުރުވެ، ކެނަލްތައް ބެދުމުން ހަމުގައާއި ތެލުގައި އުޅޭ ބެކްޓީރިޔާތައް އިތުރުވެ، މިކަމުގެ ސަބަބުން އިންފްލެމޭޝަން (ދުޅަވެ ފުއްޕުން) އުފެދެއެވެ.