އެންޑްރަޖަން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

އެންޑްރަޖަން ނުވަތަ (އިނގިރޭސި ބަހުން: Androgen)އަކީ ސްޓީރޮއިޑް ހޯރމޯން އެކެވެ. މިއީ އެސްޓްރަޖަން ގެ ހުރިހާ ވައްތަރުތަކަށް ޕްރިކޯސަރ އެކެވެ. އެސްޓްރަޖަން އަކީ އަންހެނާގެ ޖިންސީ ހޯރމޯން އެވެ. ފިރިހެނާގެ އެންމެ މަގުބޫލު ޖިންސީ ހޯރމޯން ޓެސްޓޮސްޓަރޯން އުފެދިގެން އަންނަނީ އެންޑްރަޖަން އިންނެވެ. އެހެންކަމުން ފިރިހެނުންނަށް ފިރިހެންވަންތަ ސިފަތައް ލިއްބައި ދިނުމުގައި މަސްއޫލުވާ މައިގަނޑު ހޯރމޯން އަކީ މިއީއެވެ. މިގޮތުން ފިރިހެނާގެ ޖިންސީ ގުނަވަން އުފެދި ބޮޑުވުން، ތުބުޅި ފެޅުން، ގައިން އިސްތަށި ފެޅުން، ގައިގައި މަސްޖަހައި ވަރުގަދަވުން އަދި މިނޫނަސް ފިރިހެންވަންތަކަމާ ގުޅޭ ސިފަތައް ފުރިހަމަވެގެން އަންނަނީ މިހޯރމޯންގެ އެހީގައެވެ.