އިސްމާޢީލުގެފާނު
ވިކިޕީޑިއާ އިން
އިސްމާޢީލުގެފާނަކީ ﷲ ގެ ރަސޫލެކެވެ. އިބްރާހީމްގެފާނުގެ ދަރިކަލެކެވެ. އިސްމާޢީލްޢަލައިހިއްސަލާމްއަކީ، އިބްރާހީމްޢަލައިހިއްސަލާމްގެ ދޮށީދަރިކަލުންނެވެ. އިސްމާޢީލްޢަލައިހިއްސަލާމްގެ އެންމެ ތުއްޕުޅު ޢުމުރުފުޅުގައި، އިސްމާޢީލްގެފާނާއި އެކަލޭގެފާނުގެ މައިކަމަނާ ހާޖަރްއާއިގެން މައްކާގެ ސަރަޙައްދަށް އިބްރާހީމްގެފާނު ވަޑައިގެންނެވިއެވެ. އަދި ކިރުފޮދު ހިއްޕަވާ ޢުމުރުފުޅުގައިވި ތުއްޕުޅުދަރިކަލުންނާއި، އެދަރިކަލުންގެ މައިކަމަނާ، ފާރާންފަރުބަދައިގެ ސަރަޙައްދަށް ދޫކޮށްލައްވާ، އެނބުރިވަޑައިގެންނެވިއެވެ.
ދެމައިކަނބަލުންގެ ކޮއްތަކަށް އެހިނދުހުރީ ނުހަނު ކުޑަފެންފޮދަކާއި ކަދުރުކޮޅެކެވެ. އެފަދަ ޙާލުގައި، ދެމައިކަނބަލުން މިފަދަ ހަނަފަސް ތަނަކަށް ދޫކޮށްލައްވަނީ ކީއްވެތޯ، އަދި ވަޑައިތިޔަގަންނަވަނީ ކީއްވެތޯ، ހާޖަރް ސުވާލުކުރެއްވުމުން އިބްރާހީމްގެފާނުގެ ޖަވާބަކަށްވީ، އެއީ ﷲ އަމުރުކުރެއްވިގޮތްކަމުގައި ވިދާޅުވުމެވެ. އެހިނދު ހާޖަރް ވިދާޅުވިއެވެ. ތިޔަހެންކަމަށްވަންޏާ، ތިމަންމެން ދެމައިކަނބަލުންނަށް ﷲ ބައްލަވާވޮޑިގެންވާނެއެވެ.
ދެމައިކަނބަލުން ގިނިކަންޏާ ވީތާ މާގިނައިރެއްނުވެ، ކަދުރުކޮޅާއި ފެންފޮދު ހުސްވެއްޖެއެވެ. އަދި ތުއްޕުޅު އިސްމާޢީލްއާއި ހާޖަރަށްވެސް، އިންތިހާއަށް ކަރުހިއްކުން އިޙްސާސްކުރެއްވެން ފަށައިފިއެވެ. މިޙާލަތުގައި ފެންފޮދެއް ލިބޭތޯ، ނުވަތަ މީހެއްގެ ހިލަމެއްވޭތޯ، ދުވެވަޑައިގެން އެއްފަރާތުން ފެންނަންހުރި ޞަފާފަރުބަދައަށް ހާޖަރު އަރާވަޑައިގަންނަވައެވެ. އަދި އެފަދަ ހިލަމެއް ނިޝާނެއް ނެތުމުން، އަނެއް ފަރާތުން ފެންނަންހުރި މަރްވާ ފަރުބަދައަށް އަރާވަޑައިގަންނަވައެވެ. ދެފަރުބަދަ ދޭތެރޭ މި ބީދައިން ހަތްފަހަރު ހާޖަރް ދުވެވެޑައިގަތެވެ. އަދިއަދަށްވެސް، އެ ޙާދިސާގެ ޒިކްރާ ޙައްޖުގެ އަޅުކަމުގައި، ޞަފާ،މަރްވާ ހިނގުމުގެ ގޮތުގައި މުސްލިމުން އައުކުރަމުން ގެންދެއެވެ. ދެފަރުބަދަ ދޭތެރޭ ހާޖަރް ދުވެވަޑައިގަތް 7 ވަނަ ފަހަރާއިއެކު، ﷲގެ އަމުރުފުޅަށް ރަޙްމަތުގެ މަލާއިކަތުން ވަޑައިގަންނަވައެވެ. އަދި ޒަމްޒަމްފެނުގެ ކޯދު އެ ފަސްގަނޑުން ނެރުއްވައެވެ.
[އުނިއިތުރު ގެންނަވާ] ރިފަރެންސް
| ޤުރުއާނުގައި ނަންފުޅު އައިސްފައިވާ ނަބީން | ||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|
| އާދަމްގެފާނު | އިދްރީސްގެފާނު | ނޫހުގެފާނު | ހޫދުގެފާނު | ޞާލިޙުގެފާނު | އިބްރާހީމްގެފާނު | ލޫޠުގެފާނު | އިސްމާޢީލުގެފާނު | އިސްޙާޤުގެފާނު | ޔައުޤޫބުގެފާނު | ޔޫސުފުގެފާނު | އައްޔޫބުގެފާނު | |
| آدم | ادريس | نوح | هود | صالح | إبراهيم | لوط | اسماعيل | اسحاق | يعقوب | يوسف | أيوب | |
| އާދަމްގެފާނު | އިދްރީސްގެފާނު | ނޫހުގެފާނު | ހޫދުގެފާނު | ޞާލިޙުގެފާނު | އިބްރާހީމްގެފާނު | ލޫޠުގެފާނު | އިސްމާޢީލުގެފާނު | އިސްޙާޤުގެފާނު | ޔައުޤޫބުގެފާނު | ޔޫސުފުގެފާނު | އައްޔޫބުގެފާނު | |
|
|
||||||||||||
| ޝުޢައިބުގެފާނު | މޫސާގެފާނު | ހާރޫނުގެފާނު | ޛުލްކިފްލުގެފާނު | ދާއޫދުގެފާނު | ސުލައިމާނުގެފާނު | އިލްޔާސްގެފާނު | އަލްޔަސަޢުގެފާނު | ޔޫނުސުގެފާނު | ޒަކަރިއްޔާގެފާނު | ޔަޙްޔާގެފާނު | އީސާގެފާނު | މުޙައްމަދުގެފާނު |
| شعيب | موسى | هارون | ذو الكفل | داود | سليمان | إلياس | اليسع | يونس | زكريا | يحيى | عيسى | محمد |
| ޝުޢައިބުގެފާނު | މޫސާގެފާނު | ހާރޫނުގެފާނު | ޛުލްކިފްލުގެފާނު | ދާއޫދުގެފާނު | ސުލައިމާނުގެފާނު | އިލްޔާސްގެފާނު | އަލްޔަސަޢުގެފާނު | ޔޫނުސުގެފާނު | ޒަކަރިއްޔާގެފާނު | ޔަޙްޔާގެފާނު | އީސާ މަސީހު | ބާރްޤަލީޠު |

