އިލްޔާސްގެފާނު
ވިކިޕީޑިއާ އިން
އިލްޔާސްގެފާނަކީ ﷲ ގެ ނަބީއެކެވެ. ސަލާމްލެއްވި އިލްޔާސްގެފާނަކީ، ސަލާމްލެއްވި ހާރޫންގެފާނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ބޭކަލެއްކަމުގައި ތާރީޚްޢިލްމުވެރީން ބުރަވެވަޑައިގަންނަވައެވެ. އިލްޔާސްގެފާނަކީ، ﷲގެ ޙަޟްރަތުން ފޮނުއްވުނު ޙައްޤުވެގެންވާ ނަބީބޭކަލެއްކަމުގައި ކީރިތިޤުރުއާނުގެ ޞާއްފާތު ސޫރަތުގެ 123 ވަނަ އާޔަތުން 132 ވަނަ އާޔަތަށް ބަޔާންވެގެން ވެއެވެ. އަދި މި އާޔަތްތަކުގައި އިލްޔާސް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށްދެއްވި ދަޢުވަތާއި ކަން ހިނގައިދިޔަގޮތުގެ ބައެއް ޚަބަރު ބަޔާންވެގެންވެއެވެ.
އިލްޔާސް ޢަލަހިއްސަލާމް ރަސޫލުކަމާއިގެން ފޮނުއްވުނީ، ދިމިޝްޤުގެ ހުޅަނގުން އޮންނަ ބަޢްލަބަކް އޭ ނަންކިޔޭ ސަހަރެއްގެ މީސްތަކުންގެ ގާތަށެވެ. އެ ޒަމާނުގައި އެމީހުންނަކީ ބުދަށް އަޅުކަންކޮށް އުޅުނު ބައެކެވެ. އެއުރެންގެ ބޮޑުކަލާނގެކަމުގައި ބަލައިއުޅުނީ އަންހެނެއްގެސޫރައަށް ހަދައި ބަޢުލު ގެ ނަން ދީފައިވާ ބޮޑު ސިންގާ ބުދެކެވެ.
އިލްޔާސްގެފާނު ޤައުމުގެ މީސްތަކުންނަށް ޙައްޤުމަގަށް ގޮވައިލެއްވިއެވެ. އަދި ﷲފިޔަވައި އެހެން އިލާހަކު ނުވާކަމުގެ ޙުއްޖަތް ޤާއިމްކުރެއްވިއެވެ. ޝިރުކުކުރުމުން ދުރުހެލިވުމަށް ނަޞޭޙަތްތެރިވެވަޑައިގަތެވެ.
ނަމަވެސް އެހިނދު އެޤައުމުގެ ބޮޑުންނާއި، އެއުރެންނަށް ތަބާވެތިބި ގިނަބަޔަކީ، ބޮޑުވެގެންވާ މަގުފުރެދުމެއްގެ ތެރޭގައި ތިބި ބަޔެކެވެ. ޤައުމުގެ ރަސްކަމުގައި ހުރި މީހާ އަމުރުނެރުނީ، އިލްޔާސްގެފާނު ޤަތުލުކުޅައުމަށެވެ. އިލްޔާސްގެފާނު ޤަތުލުކުޅައުމަށް މީސްތަކުން ނުކުމެ އެކަލޭގެފާނު ހޯދިއިރު، އެކަލޭގެފާނު ވަޑައިގެން ހުންނެވީ ބަޢްލަބަކުގެ ރަށް ބޭރުގައެވެ. ރަށުތެރޭ އެކަލޭގެފާނު ހޯދުމަށް މަސައްކަތްކުރި މީސްތަކުންނަކަށް އެކަލޭގެފާނެއް ނުފެނުނެވެ. މިގޮތުގައި ޤައުމުގެ މީހުންނަށް ވަންހަނާވެވަޑައިގެން 20 ދުވަހާއި 40 ދުވަހާއި ދެމެދުގެ މުއްދަތެއް ނުވަތަ އެއަށްވުރެވެސް ގިނަދުވަސް އެކަލޭގެފާނު ހޭދަކުރެއްވިކަމަށް ބުނެވެއެވެ.
އަދި އެއަށްފަހު ކުއްލި ގޮތަކަށް، އޭރު އެސަހަރުގައިހުރި އަނިޔާވެރި ރަސްގެފާނު އަވަހާރަވެ، ރަސްކަމުގެ ބާރުތައް ފުރޮޅިގެން ހިނގައްޖެއެވެ. އައު ރަސްކަމެއް ފެށުމުން ޞާލިޙްގެފާނު ޤައުމަށް އަރާވަޑައިގަންނަވާ، ރަސްގެފާނާއި ބައްދަލުވެ، ތެދުމަގަށް ގޮވައިލެއްވުމުން ގިނަބަޔަކު އީމާންގެ ﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށްފިއެވެ. ބައެއް ރިވާޔަތްތައް ބުނާގޮތުގައި އިލްޔާސްގެފާނާއި ޚިޟްރުގެފާނު އަވަހާރަނުވެ، ބިންމަތީގައި އަދިވެސް އެބައުޅުއްވައެވެ. އެދެބޭކަލުން ކޮންމެ ޙައްޖުމޫސުމަކު މައްކާގެބިމުން ބައްދަލުވެވަޑައިގަންނަވައެވެ. ނަމަވެސް މިގޮތަށް ބަޔާންވެގެންވާ އެއްވެސް ރިވާޔަތަކީ، އޭގެ ޞައްޙަކަން ސާބިތުވާންއޮތް ރިވާޔަތެއްނޫނެވެ. އަދި އިތުބާރުހުރި މަޞްދަރަކާއި ހަވާލާދެވޭ ރިވާޔަތެއްވެސް ނޫނެވެ.
[އުނިއިތުރު ގެންނަވާ] ރިފަރެންސް
| ޤުރުއާނުގައި ނަންފުޅު އައިސްފައިވާ ނަބީން | ||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|
| އާދަމްގެފާނު | އިދްރީސްގެފާނު | ނޫހުގެފާނު | ހޫދުގެފާނު | ޞާލިޙުގެފާނު | އިބްރާހީމްގެފާނު | ލޫޠުގެފާނު | އިސްމާޢީލުގެފާނު | އިސްޙާޤުގެފާނު | ޔައުޤޫބުގެފާނު | ޔޫސުފުގެފާނު | އައްޔޫބުގެފާނު | |
| آدم | ادريس | نوح | هود | صالح | إبراهيم | لوط | اسماعيل | اسحاق | يعقوب | يوسف | أيوب | |
| އާދަމްގެފާނު | އިދްރީސްގެފާނު | ނޫހުގެފާނު | ހޫދުގެފާނު | ޞާލިޙުގެފާނު | އިބްރާހީމްގެފާނު | ލޫޠުގެފާނު | އިސްމާޢީލުގެފާނު | އިސްޙާޤުގެފާނު | ޔައުޤޫބުގެފާނު | ޔޫސުފުގެފާނު | އައްޔޫބުގެފާނު | |
|
|
||||||||||||
| ޝުޢައިބުގެފާނު | މޫސާގެފާނު | ހާރޫނުގެފާނު | ޛުލްކިފްލުގެފާނު | ދާއޫދުގެފާނު | ސުލައިމާނުގެފާނު | އިލްޔާސްގެފާނު | އަލްޔަސަޢުގެފާނު | ޔޫނުސުގެފާނު | ޒަކަރިއްޔާގެފާނު | ޔަޙްޔާގެފާނު | އީސާގެފާނު | މުޙައްމަދުގެފާނު |
| شعيب | موسى | هارون | ذو الكفل | داود | سليمان | إلياس | اليسع | يونس | زكريا | يحيى | عيسى | محمد |
| ޝުޢައިބުގެފާނު | މޫސާގެފާނު | ހާރޫނުގެފާނު | ޛުލްކިފްލުގެފާނު | ދާއޫދުގެފާނު | ސުލައިމާނުގެފާނު | އިލްޔާސްގެފާނު | އަލްޔަސަޢުގެފާނު | ޔޫނުސުގެފާނު | ޒަކަރިއްޔާގެފާނު | ޔަޙްޔާގެފާނު | އީސާ މަސީހު | ބާރްޤަލީޠު |

