އިކުއެޑޯރު
| Republic of Ecuador
República del Ecuador ފަންވަތް:Es icon
|
||||||
|---|---|---|---|---|---|---|
|
|
||||||
| Motto: "Dios, patria y libertad" ފަންވަތް:Es icon "Pro Deo, Patria et Libertate" ފަންވަތް:La icon "God, homeland and liberty" |
||||||
| Anthem: Salve, Oh Patria ފަންވަތް:Es icon We Salute You, Our Homeland |
||||||
| Capital | Quito 00°9′S 78°21′W / 0.15°S 78.35°W |
|||||
| (and largest city) | Guayaquil | |||||
| Official languages | Spanish | |||||
| Ethnic groups | 65% mestizo, 25% Indigenous.[1], 7% Spanish & others, 3% black |
|||||
| Demonym | Ecuadorian | |||||
| Government | Presidential republic | |||||
| - | President | Rafael Correa | ||||
| - | Vice President | Lenín Moreno | ||||
| Independence | ||||||
| - | from Spain | August 10, 1809 | ||||
| - | from Spain | May 24, 1822 | ||||
| - | from Gran Colombia | May 13, 1830 | ||||
| Area | ||||||
| - | Total | 256,370 km2 (73rd) 98,985 sq mi |
||||
| - | Water (%) | 4 | ||||
| Population | ||||||
| - | 2008 estimate | 13,625,000[2] (67th) | ||||
| - | Density | 53.8/km2 (151st) 139.4/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $108.389 billion[3] | ||||
| - | Per capita | $7,785[3] | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $54.686 billion[3] | ||||
| - | Per capita | $3,928[3] | ||||
| Gini | 42 (medium) | |||||
| HDI (2007) | ||||||
| Currency | U.S. dollar2 (USD) |
|||||
| Time zone | ECT, GALT (UTC-5, -6) | |||||
| Drives on the | right | |||||
| Internet TLD | .ec | |||||
| Calling code | +593 | |||||
| 1 | Quechua and other Amerindian languages spoken by indigenous communities. | |||||
| 2 | Sucre until 2000, followed by the U.S. dollar and Ecuadorian centavo coins | |||||
އިކުއެޑޯރަކީ ދެކުނު އެމެރިކާއަށް ނިސްބަތްވާ ޤައުމެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް [އުނިއިތުރު ގެންނަވާ]
އިކުއެޑޯރުގެ ރަސްމީ ބަހަކީ އިސްޕެނިޝް ބަހެވެ. އިނގިރޭސި ބަހުން އިކުއެޑޯރުގެ މީހުންނަށް ކިޔަނީ އިކުއެޑޯރިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ގުއާޔަކިލްއެވެ. އިކުއެޑޯރުގެ ވެރި ރަށަކީ ކުއިތޯއެވެ. އިކުއެޑޯރަކީ ޕްރެޒިޑެންޝަލް ރިޕަބްލިކެކެވެ. ޤައުމުގެ އާބާދީއަކީ 14 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 68 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.26 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ec. އެވެ. ކޯލިން ކޯޑަކީ +593 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫ.އެސް ޑޮލަރެވެ.
ނަން [އުނިއިތުރު ގެންނަވާ]
އިކުއެޑޯރުގެ ނަން ނެގިފައިވަނީ އިސްޕެނިޝް ބަހުން އީކުއޭޓަރަށް ކިޔާ ނަން ކަމުގައިވާ އިކުއެދޯރުންނެވެ.
ޖުޣުރާފީ [އުނިއިތުރު ގެންނަވާ]
އިކުއެޑޯރުގެ އުތުރުގައި އޮތީ ކޮލަންބިޔާއެވެ. އިރުމައްޗާއި ދެކުނުގައި އޮތީ ޕެރޫއެވެ. ހުޅަނގުގައި އޮތީ ޕެސިފިކް މާކަނޑެވެ. މިއީ ދެކުނު އެމެެރިކާގެ ޤައުމުތަކުގެ ތެރެއިން ބްރެޒީލާ އެކު ބޯޑަރު ޙިއްޞާ ނުކުރާ ހަމައެކަނި ދެ ޤައުމުގެ ތެރެއިން އެއް ޤައުމެވެ. މިފަދަ އަނެއް ޤައުމަކީ ޗިލީއެވެ.
ތާރީޚު [އުނިއިތުރު ގެންނަވާ]
އިކުއެޑޯރުގައި އިންސާނުން ދިރިއުޅެން ފަށާފައިވާ ތާރީޚަށް ބަލާއިރުގައި ޢީސާއީ މީލާދުގެ 3500 އަހަރު ކުރީން ވެސް މި ސަރަޙައްދުގައި މީހުން އުޅެފައިވާކަން ސާބިތުވެއެވެ. އިކުއެޑޯޜުގެ ސަރަޙައްދުގައި ވަރަށް ގިނަ ގުނަ ޙަޟާރީ ހާދިސާތައް ހިނގާފައިވެއެވެ. މިއިން ކޮންމެ ޙަޟާރީ ހާދިސާއަކާ ގުޅިފައިވާ ޙަޟާރަތަކުން ވެސް، އެ ހަޟާރަތަކަށް ނިސްބަތްވާ ފަންނުވެރިކަމާއި، ފަރުމާ ކުރުންތަކާއި، ދީނީ އާދަކާދަތައް ގެންގުޅެފައިވާކަން އެނގެއެވެ. ހަނގުރާމަތަކުގެ ކާމިޔާބީ އާއި އަދި އިންކާއިންނާއެކު ކުރެވުނު ކައިވެނިތަކުގެ ނަތީޖާއެއްގެ ގޮތުން 1463 ވަނަ އަހަރުގައި މިހާރުގެ އިކުއެޑޯރުގެ ސަރަޙައްދު އިންކާ އެމްޕަޔަރގެ ދަށަށް ދިޔައެވެ. އުތުރު ބިތުން އިސްޕޭނު މީހުން އިކުއެޑޯރުގެ ސަރަޙައްދަށް ވަދެ ގަތް އިރު، މި ތަނުގެ ވެރިކަމުގައި ހުރީ ހުޔައިނާ ޗަޕަކްއެވެ. އޭނާގެ ދެ ދަރީންނަކީ އަތަހުއަލްޕާ އާއި ހުއަސްކަރެވެ. ވެރިކަމުގެ ދަށުގައި އޮތް ސަރަޙައްދުގެ އުތުރު ބިތުގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިއްމާއާ ޙަވާލުވެ ހުރީ އަތަހުއަލްޕާއެވެ. ހުއަސްކަރު ޤާއިމުވެ ހުރީ އިންކާއިންގެ ވެރިރަށް ކަމުގައިވާ ކުސްކޯގައެވެ. މީލާދީން 1525 ވަނަ އަހަރުގައި ހުޔައިނާ ޗަޕަކް އަވަހާރަވުމުން ވެރިކަމުގެ ސަރަޙައްދުގެ ބާރުވެރިކަން ދެ ބަޔަކަށް ބަހާލެވުނެވެ. އުތުރުގައި އޮތީ އަތަހުއަލްޕާގެ ވެރިކަމެވެ. އުތުރު ބިތުގެ ވެރިރަށަކީ ކުއިތޯއެވެ. ދެކުނު ބިތުގެ ވެރިކަން އޮތީ ހުއަސްކަރަށެވެ. އޭނާގެ ވެރިކަމުގެ ރާޖްދާނަކީ ނުވަތަ ވެރިރަށަކީ ކުސްކޯއެވެ. މީލާދީން 1530 ވަނަ އަހަރު އަތަހުއަލްޕާ، އޭނާގެ އަޚު ބަލިކުރައްވައި މުޅި ވެރިކަމުގެ މައްޗަށް ބާރު ހިންގަވަން ފެށްޓެވިއެވެ. މީލާދީން 1531 ވަނަ އަހަރުގައި އިސްޕޭނު މީހުން ފްރެންސިސްކޯ ޕިޒާރޯގެ ޤިޔާދަތުގެ ދަށުގައި މި ހިސާބަށް އައި އިރު އިންކާއިންގެ ބާރުގަދަ އެމްޕަޔަރ ވަނީ ދާޚިލީ ހަނގުރާމައިގެ ސަބަބުން ބަލިކަށިވެ، ރޫޅިފައެވެ. އަތަހުއަލްޕާ ބޭނުންފުޅުވީ އިންކާއިންގެ ވެރިކަން އަނެއްކާ ވެސް އެއްވެރިކަމެއްގެ ގޮތުގައި އެއްކުރާށެވެ. އެހެން ނަމަވެސް އިސްޕޭނު މީހުން އަތަހުއަލްޕާއަކަށް މި ފުރުޞަތެއް ނުދިނެވެ. ކަޖަމާރްކާގެ ހަނގުރާމައިގައި އިސްޕޭނު މީހުން އަތަހުއަލްޕާ ހައްޔަރު ކުރިއެވެ. އޭނާ މިނިވަންކޮށްދޭތޯ، ފިިދުޔައެއްގެ ގޮތުގައި އިންކާއިންގެ މީހުންވަނީ އިސްޕޭނު މީހުންނަށް އެއް ކޮޓަރީގެ ފުރާ ހުރި ރަނާއި، ދެ ކޮޓަރީގެ ފުރާ ހުރި ރިހި ދީފައެވެ. އެހެން ނަމަވެސް އެންމެ ފަހުން އިސްޕޭނު މީހުން އެމީހުންގެ ޤައިދުގައި ހުރި އިންކާ އެމްޕެރަރ އަތަހުއަލްޕާ ޤަތުލުކޮށްލީއެވެ. މީގެ ފަހުން އިކުއެޑޯރު އޮތީ އިސްޕޭނު މީހުންގެ އިސްތިޢުމާރުގެ ދަށުގައެވެ. އިކުއެެޑޯރަށް އިސްޕޭނު މީހުންގެ ކިބައިން ފުރިހަމަ މިނިވަންކަން ލިބުނީ 1822 ވަނަ އަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހުއެވެ. ދެން މިތަން އޮތީ ގްރޭން ކޮލަންބިޔާގެ ބައެއްގެ ގޮތުގައެވެ. ގްރޭން ކޮލަންބިޔާއިން ވަކިވެ މިނިވަންވީ 1830 ވަނަ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހުއެވެ.
ޑެމޮގްރަފިކްސް [އުނިއިތުރު ގެންނަވާ]
އިކުއެޑޯރުގެ އާބާދީގެ 65% މީހުންނަކީ މެސްޓިޒޯއިންނެވެ. 25% މީހުންނަކީ އަދިވާސީންނެވެ. 3% މީހުންނަކީ ކަޅު މީހުންނެވެ. 7% މީހުންނަކީ އިސްޕޢނު ނަސްލުގެ މީހުންނާއި އެހެން މީހުންނެވެ.
ސަގާފަތު [އުނިއިތުރު ގެންނަވާ]
އިކުއެޑޯރުގެ ސަގާފަތުގެ އެންމެ މުހިއްމު ބިންގަލަކީ އެ ޤައުމުގެ އަދިވާސީން ކަމުގައިވާ ނޭޓިވް އެމެރިކަން ނުވަތަ އިންކާއިންގެ އަސަރުތަކެވެ. އޭގެ ފަހުގައި އެތަން އިސްތިޢުމާރުކޮށްގެން ތިބި އިސްޕޭނު މީހުންގެ އަސަރެވެ.
އިޤްތިޞާދު [އުނިއިތުރު ގެންނަވާ]
އިކުއެޑޯރަކީ އިޤްތިޞާދީ ގޮތުން ކުރިއަރަމުން އަންނަ ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 7785 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found