އިންޓާރނަލް އޭނަލް ސްފިންކްޓަރ

ވިކިޕީޑިއާ އިންވިކިޕީޑިއާ

އިންޓަރނަލް އޭނަލް ސްފިންކްޓަރ އަކީ ފުރަގަސް ފަރާތު މަގުގެ މަތީ ތިންބައިކުޅަ ދެބައިގެ ވަށައިގެން ލެވިފައިވާ ސްފިންކްޓަރ އެވެ. މިއީ އަހަރެމެންގެ އިޚްތިޔާރަކާއި ނުލައި މަސައްކަތްކުރާ މަޑު މަސް ގެ ފަށަލައެކެވެ. މިފަށަލަ މަތިން ގޮސްގުޅިފައި އިންނަނީ ފުރަގަސް ފަރާތްގެ މަޑު މަސް ފަށަލަ އާއެވެ. ފުރަގަސް ފަރާތު މަގުގެ 2.5 ސމ ވަށައިގެން ވަނީ މިސްފިންކްޓަރ ލެވިފައެވެ. މިސްފިންކްޓަރ ގެ ބޯ މިނުގައި 5 މިލިމީޓަރު ހުރެއެވެ.

އިންޓަރނަލް އޭނަލް ސްފިންކްޓަރ އަކީ އަހަރެމެންގެ ބާރަކާއި ނުލައި އޭގެ ޒާތުގައި މަސައްކަތްކުރާ މަޑު މަސް ގަނޑެކެވެ. ބޮޑުކަމުދިއުމުގެ ތެރޭގައި ފުރަގަސް ފަރާތު ދޮރު ބައްދާލުމަށް އެކްސްޓަރނަލް އޭނަލް ސްފިންކްޓަރ އަށް މިސްފިންކްޓަރ އެހީތެރިވެދެއެވެ.