އިންޑޮނޭޝިޔާ
ވިކިޕީޑިއާ އިން
|
||||||||
| މޮޓޯ: "ބިނެކާ ތުންގަލް އިކާ" (ބޯދާ ޖާވީ) "ތަފާތުތަކާއެކު އެއްބައިވަންތަކަން" ޤައުމީ ވިސްނުން: ޕެންކޭސިލާ[1] |
||||||||
| ޤައުމީ ސަލާމް: އިންޑޮނޭޝިޔާ ރާޔާ | ||||||||
![]() |
||||||||
| ވެރިރަށް | ޖަކާޓާ | |||||||
| އެންމެ ބޮޑު ޝަހަރު | ވެރިރަށް | |||||||
| ރަސްމީ ބަސް (ތައް) | އިންޑޮނޭޝީ ބަސް | |||||||
| ސަރުކާރު | ރިޔާސީ ޖުމްހޫރިއްޔާ ސުސީލޯ ބަންބަންގ ޔުދޮޔޯނޯ މުޙައްމަދު ޖޫސުފު ކާލާ |
|||||||
| މިނިވަންކަން - ޢިއުލާންކުރީ - ބަލައިގަތީ |
ހޮލެންޑުގެ ކިބައިން އޮގަސްޓު 17، 1945 ޑިސެމްބަރު 27، 1949 |
|||||||
| އަކަމިން • ޖުމްލަ • ފެން (%) |
1,919,440 އކކމ (16ވަނަ) 4.85 |
|||||||
| އާބާދީ • 2005 އަންދާސީ. • 2000 ބޯހިމެނުން • އަކަބުރަ |
222,781,000 (4ވަނަ) 206,264,595 އކކމ/134(84ވަނަ) |
|||||||
| ޖީ.ޑީ.ޕީ (ޕީ.ޕީ.ޕީ) • ޖުމްލަ • ޕަރ ކެޕިޓާ |
2005 އަންދާސީ US$960 ބިލިޔަން US$364 ބިލިޔަން (ނޮމިނަލް) (-) $4,458 (110ވަނަ) |
|||||||
| އ.ތ.ފ (2004) | ||||||||
| ފައިސާ | ރުޕިއާ (IDR) |
|||||||
| ވަގުތު ޒޯން • ހޫނު މޫސުމް (ދ.ރ.ވ) |
ތަފާތު (ވ.ބ.ގ+7 އިން +9) ބެލިފައެއްނުވޭ (ވ.ބ.ގ) |
|||||||
| އިންޓަނެޓް މ.ދ.އ | .id | |||||||
| ފޯން ކޯޑު | +62 |
|||||||
އިންޑޮނޭޝިޔާއަކީ ދެކުނު އިރުމަތީ އޭޝިޔާ އާއި އޯޝަނިޔާ ސަރަޙައްދަށް ނިސްބަތްވާ ޤައުމެކެވެ. އިންޑޮނޭޝިޔާ އެކުލެވިގެންވަނީ 17508 ރަށެއްގެ މައްޗަށެވެ. އިންޑޮނޭޝިޔާގެ އާބާދީއަކީ 237 މިލިޔަނެވެ. އެހެން ކަމުން އެ ޤައުމަކީ އާބާދީގެ ގޮތުން ބަލާއިރު ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. އަދި މުސްލިމުންގެ އާބާދީ އެންމެ ބޮޑު ޤައުމު ވެސް މެއެވެ. އިންޑޮނޭޝިޔާއަކީ ޖުމްހޫރީ ވެރިކަމެއް އޮންނަ ޤައުމެކެވެ. އިންޑޮނޭޝިޔާ އަކީ ޕަޕުއާނިއުގިނީ އާއި އީސްޓް ޓިމޯރު އާއި މެލޭޝިޔާ އާ ސީމާވެފައިވާ ޤައުމެކެވެ. އިންޑޮނޭޝިޔާ އާއި އަވަށްޓެރި އެހެން ޤައުމުތަކުގެ ތެރޭގައި ސިންގަޕޫރާއި، ފިލިޕީންސާއި، އޮސްޓްރޭލިޔާ އާއި އިންޑިޔާގެ އަންޒަމާނާއި ނައްކަވާރު ޖަޒީރާއެވެ. ހަތްވަނަ ޤަރުނުގެ ތެރޭގައި އިންޑޮނޭޝިޔާވެފައިވަނީ ވިޔަފާރީގެ ގޮތުން ބަލާއިރު ވަރަށް މުހިއްމު ސަރަޙައްދަކަށެވެ. އެއީ ސިރީވިޖެޔާގެ ރަސްކަމުގެ ޒަމާނެވެ. އިންޑިޔާއަކީ ޤަދީމީ ޒަމާނުގެ އިންޑޮނޭޝިޔާގެ ވެރިންނާ ވަރަށް ބޮޑަށް ގުޅުން ޤާއިމުވެފައި އޮތް ޤައުމެއްކަމުން، އިންޑޮނޭޝިޔާގެ އޭރުގެ ވެރީންވަނީ އިންޑިޔާގެ ދީންތަކަށް ވަރަށް ބޮޑަށް ލެނބިވަޑައިގެންފައެވެ. އިންޑޮނޭޝިޔާއަށް އިސްލާމްދީން އައިސްފައިވަނީ މުސްލިމު ވިޔަފާރިވެރިންގެ ފަރާތުންނެވެ. އިންޑޮނޭޝިޔާއަކީ އެތައް ނަސްލެއްގެ މީހުން ދިރިއުޅެމުންދާ ޤައުމެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުން އެ ނަސްލަކަށް ނިސްބަތްވާ ނަސްލަކީ ޖާވާނީ ނަސްލެވެ. އިންޑޮނޭޝިޔާގެ މޮޓޯއަކީ “ބިހންނެކަ ތުން÷ަލް އިކަ” އެވެ. މީގެ މާނައަކީ “ގިނަ އެހެނަސް އެއް” ބައެއް ދިރިއުޅޭ ޤައުމެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] ނަން
އިންޑޮނޭޝިޔާ މިނަން އުފެދިފައިވަނީ “އިންޑަސް” މި ބަހާއި ނޭސޯސް” މި ބަހާއި ދެބަހުންނެވެ. މީގެ މާނައަކީ “އިންޑިޔަން އައިލެންޑްސް” އެވެ. މިއީ އިންޑޮނޭޝިޔާގެ ރަށްވެހީންނަކީ އިންޑިޔާއާ ގުޅިފައިވާ ބައެއް ކަމުން ކިޔުނު ނަމެކެވެ.
[އުނިއިތުރު ގެންނަވާ] ތާރީޚު
އިންޑޮނޭޝިޔާގެ ތާރީޚަށް ބަލައިއިރު މި ރަށްތަކުގައި މީގެ އެތައް ހާސް އަހަރެއް ކުރީއްސުރެ މީހުން ދިރިއުޅެމުން އަންނަ ކަމަށް ޢިލްމީ ދިރާސާތަކުގައި ފާހަގަކުރެވިފައިވެއެވެ. މިއަދު އިންޑޮނޭޝިޔާގައި ތިބި ގިނަ މީހުން އެ ނަސްލަކަށް ނިސްބަތްވާ މީހުންކަމުގައިވާ އޮސްޓްރޮނޭޝިޔަން މީހުން އެ ޤައުމަށް އައިސްފައިވަނީ ޢީސާއީމީލާދުގެ 2000 އަހަރު ކުރީންނެވެ. އިސްލާމްދީނުގެ ކުރީކޮޅުގައި ވެސް މުސްލިމް ވިޔަފާރިވެރިން އިންޑޮނޭޝިޔާއަށް ދަތުރުކޮށްފައިވެއެވެ. އެހެން ނަމަވެސް އިސްލާމްދީން އިންޑޮނޭޝިޔާގެ މީހުންގެ ތެރޭގައި ކުރިއަރައިގެން ގޮސްފައިވަނީ މީލާދީން 13 ވަނަ ޤަރުނުގެ ތެރޭގައެވެ. ސުމަތުރާގެ އުތުރުން ފެށިގެން އިސްލާމްދީން ދިޔައީ އިންޑޮނޭޝިޔާގެ އެހެން ހިސާބުތަކަށް ފުޅާވެގެންނެވެ. 16 ވަނަ ޤަރުނާ ހަމަޔަށް އައިއިރު ޖާވާ އާއި ސުމަތުރާގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ދީނަކީ އިސްލާމްދީނެވެ. އިންޑޮނޭޝިޔާއަށް އެންމެ ފުރަތަމައަށް ޔޫރަޕުގެ މީހުން އައިސްފައިވަނީ 1512 ވަނަ އަހަރުގައެވެ. އެއީ ފްރާންސިސްކޯ ސެރާއޯގެ ޤިޔާދަތުގެ ދަށުގައި އައި ޕޯޗުގީޒު ވިޔަފާރިވެރިންނެވެ. އިންޑޮނޭޝިޔާގެ މަލުކުގެ ރަށްތަކުގައި މި މީހުންގެ ވިޔަފާރި ވަރަށް ބޮޑަށް ކުރިޔަށް ގެންދިއައެވެ. ޕޯޗުގީޒުންގެ ފަހުން ދެން އައިސްފައިވަނީ ލަންދޭސީންނާއި އިނގިރޭސީންނެވެ. 1602 ވަނަ އަހަރު ލަންދޭސީން “ޑަޗް އީސްޓް އިންޑިޔާ ކޮންޕެނީ” ޤާއިމުކުރިއެވެ. ބަނގުރޫޓުވުމުގެ ސަބަބުން މި ކުންފުނިވަނީ 1800 ވަނަ އަހަރު ނެތިގެން ގޮސްފައެވެ. ނެދަލޭންޑުގެ އަތްދަށުން މުޅީން މިނިވަންވެ އިންޑޮނޭޝިޔާއަށް މިނިވަންކަން ލިބުނުކަމަށް އިޢުލާންކޮށްފައިވަނީ 17 އޮގަސްޓު 1945 ގައެވެ. އެހެން ނަމަވެސް އިންޑޮނޭޝިޔާއަކީ މިނިވަން ޤައުމެއްގެ ގޮތުގައި ދުނިޔެ ޤަބޫލުކޮށްފައިވަނީ 27 ޑިސެންބަރު 1949 ގައެވެ.
[އުނިއިތުރު ގެންނަވާ] އިޤްތިޞާދު
ޖީ.ޑީ.ޕީ ޕަރ ކެޕިޓާ 3980 ޑޮލަރުގައި އޮތް އިންޑޮނޭޝިޔާއަކީ ޖީ 20 ގައި ވެސް ހިމެނޭ ޤައުމެކެވެ. އިންޑޮނޭޝިޔާއަކީ ދެކުނު އިރުމަތީ އޭޝިޔާގައި އޮތް އެންމެ ބޮޑު އިޤްތިޞާދެވެ. އިންޑޮނޭޝިޔާއިން އުފައްދާ މައިގަނޑު ތަކެއްޗަކީ ކާށި ތެލާއި، ހަނޑުލާއި، ސައި ފަތާއި، ކޮފީ އާއި، ހަވާދާއި ރަބަރެވެ.
[އުނިއިތުރު ގެންނަވާ] ސަގާފަތު
އިންޑޮނޭޝިޔާގައި ތަފާތު އެތައް ނަސްލެއްގެ މީހުން އުޅެމުންދާއިރު އެ ޤައުމުގެ ސަގާފަތަށް އިންޑިޔާ އާއި ޢަރަބި އަދި ޗައިނާ އާއި މެލޭ އަދި ޔޫރަޕުގެ ސަގާފަތްތަކުގެ އަސަރުކޮށްފައިވެއެވެ.
[އުނިއިތުރު ގެންނަވާ] ބައެއް އެހެން މަޢުލޫމާތު
އިންޑޮނޭޝިޔާގެ ރަސްމީ ބަހަކީ “އިންޑޮނޭޝިޔަން” ބަހެވެ. މިއީ “މެލޭ” ބަހާއި ހުރިހައި ގޮތަކުން ވެސް އެއްގޮތް ބަހެކެވެ. ސިޔާސީ ސަބަބުތަކަށް ޓަކައި ނަން ތަފާތުކޮށްފައި ވިޔަސް “އިންޑޮނޭޝިޔަން” އާއި “މެލޭ” ބަހަކީ އެއްބަހެއް ކަމަށް ބަހުގެ މާހިރުން ވިދާޅުވެއެވެ. އިންޑޮނޭޝިޔާގެ ވެރިރަށަކީ އަދި އެންމެ ބޮޑު ސިޓީއަކީ ޖަކާތާއެވެ.
Cite error: <ref> tags exist, but no <references/> tag was found
