އިންހިބިން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

އިންހިބިން ނުވަތަ (އިނގިރޭސި ބަހުން: Inhibin) އަކީ ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން އުފައްދައި ބޭރުކުރުން މަނާކޮށް އެކަމަށް ހުރަސްއަޅާދޭ ޕެޕްޓައިޑް އެކެވެ. މައްސަރު ކަންތައް ޖެހުން ތަންޒީމްކޮށް ބަރާބަރަށް ގެންދިއުމުގައި އިންހިބިން ބައިވެރި ވެއެވެ. ޑައިސަލްފައިޑް ބޮންޑް އަކުން ގުޅިފައިވާ އަލްފާ އަދި ބީޓާ ޔުނިޓް އިންހިބިން ގައި އެކުލެވިގެން ވެއެވެ. އިންހިބިން އުފައްދާ ތަންތަނުގެ ތެރޭގައި ބިސް ދޫކޮށްލުމަށްފަހު ބިސްރަވައިގައި އުފެދޭ ކޯޕަސް ލޫޓިއަމް، މާބަނޑު ދުވަސްވަރު ބަނޑުގައި އުފެދޭ މަސް ނުވަތަ ޕްލަސެންޓާ ހިމެނެއެވެ. މަހުން މިހޯރމޯން ދޫކުރަނީ އޭގައި ހިމެނޭ ޓްރޮފޮބްލާސްޓް އޭ ކިޔާ ސެލްތަަކަކުންނެވެ. އަދި އުރަވަޅީގައި މިހޯރމޯން އުފެދެއެވެ. އުރަވަޅީގެ މިހޯރމޯން ދޫކުރަނީ އޭގައި ހިމެނޭ ސާރޓޯލީ ސެލް ތަކުންނެވެ.