އާދަމްގެފާނު
ވިކިޕީޑިއާ އިން
| ސިލްސިލާ ލިޔުންތަކުގެ ބައި |
| ޢަޤީދާ |
|
ﷲ ގެ އެއްކައުވަންތަކަން |
| މުހިންމު ޝަހްސިއްޔަތުތައް |
|
މުޙައްމަދުގެފާނު |
| ފޮތްފޮތާއި ޝަރީޢަތް |
|
ޤުރުއާން • ޙަދީޘް • ޝަރީޢަތް |
| ފިރްޤާތައް |
| ސިޔާސީ-އިޖްތިމާޢީ ވިސްނުން |
|
އިސްލާމީ ތަޢުލީމު |
އާދަމްގެފާނަކީ މި ބިމުގައި ދިރި އުޅޭ އިންސާނީ ނަސްލުގެ ފެށުން ކަމުގައި ގަބޫލު ކުރެވޭ ފަރާތެވެ. މުސްލިމުންގެގާތުގައި މިއީ ﷲ ގެ ނަބީއެކެވެ. ކީރިތި ޤުރުއާނުގައި އާދަމް ޢަލައިހިއްސަލާމްގެ ނަންފުޅު 25 ފަހަރު ވާރިދުވެފައިވެއެވެ. އެކަލޭގެފާނީ، އެންމެހައި އާދަމްގެ ދަރިތަކުންގެ ބަފައިކަލުންނެވެ. އަދި އެކަލޭގެފާނީ އިންސާނީ ދަރިފަސްކޮޅުން ﷲތަޢާލާ މިބިންމަތީ ޚަލްޤުކުރެއްވި ފުރަތަމަ އިންސާނާމެއެވެ. ޤުރުއާނުގެ އާޔަތްތަކުގައި ބަޔާންވެފައިވާގޮތުން އާދަމްގެފާނުގެ ފަރާތްޕުޅުން އިންސާނީ ނައުޢުދެމިގެންދިއުމަށްޓަކައި، އަދި އެކަލޭގެފާނުގެ ހަޔާތުގެ ބައިވެރިއެއްގެގޮތުގައި ޙައްވާގެފާނު އުފެއްދެވިއެވެ. އަދި އެ ދެކަނބަލުން ދިރިއުޅުއްވުމަށް ސުވަރުގޭގެ ނިޢުމަތްތައް އެކުލެވިގެންވާ ބަގީޗާއެއް މިންވަރުކުރެއްވިއެވެ.
އާދަމްގެފާނާއި ޙައްވާގެފާނަށް ﷲދެއްވެވި ހުރިހާ ނިޢުމަތެއްގެ ބޭނުންކުރައްވަވައި، އުފާފާގަތިކަމާއިއެކު އުޅުއްވުމަށް ﷲ އިޒްނަދެއްވިއެވެ. އެއާއިއެކު ވަކި ޚާއްޞަ އެއްގަހަކާއި ގާތްވެވަޑައިނުގަތުމަށާއި، އަދި އެގަހުން ފަރީއްނުކުޅުއްވެވުމަށް އެންގެވިއެވެ. އެ ދެކަނބަލުންގެ ހަޔާތްޕުޅުގައި ކުރިމަތިވެވަޑައިގަތް އެންމެބޮޑު އިމްތިޙާނަކަށްވީ މި ގަހެވެ. އާދެ، މުޅި އިންސާނިއްޔަތުގެ މައްޗަށް ޢަދުއްވެއްކަމުގައިވީ އިބްލީސް، އާދަމްގެފާނާއި ޙައްވާގެފާނަށް ވަސްވާސްދީ، ﷲ ނަހީކުރެއްވިގަހުން ފަރީއްކުޅުއްވެވުމަށް ހިތްވަރުދިނެވެ. އަދި އެގަހުން ފަރީއްކުޅުއްވައިފިނަމަ، މަލާއިކަތުންގެ ދަރަޖައަށް އެދެކަނބަލުންނަށް ވަޑައިގެންނެވޭނެކަމަށާއި، އަބަދަށް ދިރިތިއްބެވޭނެކަމަށްބުނެ، އެ ދެކަނބަލުންގެ ޝައުޤުވެރިކަން އެ ގަހާއި ދިމާލަށް އަނބުރާލިއެވެ. އެންމެފަހުން، ﷲގެ އަމުރުފުޅު ހަނދުމަނެތި، އެ ގަހުގެ މޭވާއިން، އާދަމްގެފާނާއި ހައްވާގެފާނު ފަރީއްކުޅުއްވިއެވެ.
އިލާހީ އަމުރުފުޅާއި ޚިލާފުވެވަދައިގަތުމުގެ ނަތީޖާއަކީ، އާދަމްގެފާނާއި ޙައްވާގެފާނަށް ދެއްވިފައިވާ ނިޢުމަތްތަކުން އެ ދެކަނބަލުން މަޙްރޫމުވުމެވެ. އެހިސާބުން އިންތިހާ ދަރަޖައަށް ދެކަނބަލުން ހިތާމަކުރައްވައެވެ. އަދި ޚުޝޫޢަތްތެރިކަމާއިއެކު ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާ، ފާފަ ފުއްސަވައިދެއްވުމަށް އެދިވަޑައިގަންނަވައެވެ.
ﷲ އެދެކަނބަލުންގެ ދުޢާ އިޖާބަކުރެއްވިއެވެ. އަދި ފާފަ ފުއްސަވައިދެއްވިއެވެ. އަދި ދުނިޔޭގެ ބިމުގައި ވަޒަންވެރިވުމަށް އެދެކަނަބަލުންނަށް އަމުރުކުރައްވައި، އިންސާނީ ދަރިފަސްކޮޅު ދެމެހެއްޓެވުމުގެ ސަބަބަކީ އެއީކަމުގައި ލެއްވިއެވެ
[އުނިއިތުރު ގެންނަވާ] ރިފަރެންސް
| ޤުރުއާނުގައި ނަންފުޅު އައިސްފައިވާ ނަބީން | ||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|
| އާދަމްގެފާނު | އިދްރީސްގެފާނު | ނޫހުގެފާނު | ހޫދުގެފާނު | ޞާލިޙުގެފާނު | އިބްރާހީމްގެފާނު | ލޫޠުގެފާނު | އިސްމާޢީލުގެފާނު | އިސްޙާޤުގެފާނު | ޔައުޤޫބުގެފާނު | ޔޫސުފުގެފާނު | އައްޔޫބުގެފާނު | |
| آدم | ادريس | نوح | هود | صالح | إبراهيم | لوط | اسماعيل | اسحاق | يعقوب | يوسف | أيوب | |
| އާދަމްގެފާނު | އިދްރީސްގެފާނު | ނޫހުގެފާނު | ހޫދުގެފާނު | ޞާލިޙުގެފާނު | އިބްރާހީމްގެފާނު | ލޫޠުގެފާނު | އިސްމާޢީލުގެފާނު | އިސްޙާޤުގެފާނު | ޔައުޤޫބުގެފާނު | ޔޫސުފުގެފާނު | އައްޔޫބުގެފާނު | |
|
|
||||||||||||
| ޝުޢައިބުގެފާނު | މޫސާގެފާނު | ހާރޫނުގެފާނު | ޛުލްކިފްލުގެފާނު | ދާއޫދުގެފާނު | ސުލައިމާނުގެފާނު | އިލްޔާސްގެފާނު | އަލްޔަސަޢުގެފާނު | ޔޫނުސުގެފާނު | ޒަކަރިއްޔާގެފާނު | ޔަޙްޔާގެފާނު | އީސާގެފާނު | މުޙައްމަދުގެފާނު |
| شعيب | موسى | هارون | ذو الكفل | داود | سليمان | إلياس | اليسع | يونس | زكريا | يحيى | عيسى | محمد |
| ޝުޢައިބުގެފާނު | މޫސާގެފާނު | ހާރޫނުގެފާނު | ޛުލްކިފްލުގެފާނު | ދާއޫދުގެފާނު | ސުލައިމާނުގެފާނު | އިލްޔާސްގެފާނު | އަލްޔަސަޢުގެފާނު | ޔޫނުސުގެފާނު | ޒަކަރިއްޔާގެފާނު | ޔަޙްޔާގެފާނު | އީސާ މަސީހު | ބާރްޤަލީޠު |

