އަސްދާނު ފާނަ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
އަސްދާނު ފާނަ

އަސްދާނު ފާނަ(ސައިންޓިފިކް ނަން: Epinephelus Spilotoceps)ނުވަތަ (އިނގިރޭސި ބަހުން: Foursaddle grouper) އަކީ ރާއްޖޭގެ ފަރުފަޅާއި، ހާހަލާއި ތިލަތިލައިގައި ގިނައިން އުޅޭ މަހެކެވެ. މިއީ ދިވެހިންކުރާ ދުވާލުގެ ކެޔޮޅުކަމުގައި ވަރަށް ގިނައިން ބޭނޭ މަހެކެވެ. މިމަސް ގިނައިން ބޭނިފައި ހުންނަނީ އިރުއޮއްސޭ ދަޅަމަތީގައެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މީރު މަހެކެވެ. މަހުގެ ކަރުތާފަތުގެ ކުރީބައި ހުންނަނީ ކުޑަކޮށް ވަށްކޮށެވެ. އަދި މިބައިގެ ތިރީ ކައިރިފަށް ހުންނަނީ ކަށިކޮށް ރާޅުކޮށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 11 ކައްޓާއި، 15 މަޑު ކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރުކޮށް ހުންނަ 3 ކައްޓާއި މަޑުކަށީގެ 8 ކަށި ހުރެއެވެ.މަހުގެ ކަންފަތުގައި 18 ނުވަތަ 19 މަޑުކަށި ހުރެއެވެ. ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ.

މަހުގެ ކުލައަކީ މަޑު މުށިކުލަ އެވެ. މަހުގެ މުށިކުލައިގެ ލައްތަކެއް ފިތްތަކެއްގެ ޑިޒައިނަށް ހުރެއެވެ. މަހުގެ ބޮލުގެ ކުރީކޮޅުގައި ކަޅުކުލައިގެ ތިކިތަކެއް ހުރެއެވެ. މަހުގެ ބުރަކަށިމަތީގައި ކަޅުކުލައިގެ ލައްތަކެއް އަސްދާނެއް ހުންނަ ހެން މަހުގެ ދެފަރާތަށް ވާގޮތަށް ހުރެއެވެ. މިމަހަށް އަސްދާނު ފާނަ ކިޔާފައިވަނީ މިގޮތަށް ހުރުމާއެކު މަހަށްކިޔާ އިގިރޭސި ނަމާއި ގުޅުވައިގެންނެވެ.