އަފްރާޝީމް ޢަލީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ތަޢާރަފް[އުނިއިތުރު ގެންނަވާ]

ޑރ އަފްރާޝީމް ޢަލީ އަކީ ރ. އަތޮޅު އުނގޫފާރަށް އުފަން ބޭފުޅެކެވެ. ޑރ އަފްރާޝީމް، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ފިޤްހު އަދި އުޞޫލުލް ފިޤްހުގެ ރޮނގުން ބެޗްލަރޒް ޑިގްރީ ހާސިލު ކުރެއްވީ 2000 ވަނަ އަހަރުއެވެ. އަދި 2003 ވަނަ އަހަރު މާސްޓަރޒް ޑިގްރީ ހާސިލު ކުރެއްވިއެވެ. ފިޤްހު، އަދި އުޞޫލުލް ފިޤްހުގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) ހާސިލު ކުރެއްވީ ވެސް މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. އެއީ 2007 ވަނަ އަހަރުއެވެ.

ޕީ.އެޗް.ޑީ ހާސިލު ކުރެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ޑރ އަފްރާޝީމް ފުރަތަމަ އަދާކުރެއްވީ، އިސްލާމީ މަރުކަޒުގެ އިސް އިމާމުކަމުގެ ވަޒީފާއެވެ. އެއަށްފަހު، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ފުރުއްވިއެވެ. މާލޭގައި ހުކުރު ނަމާދާއި ޢީދު ނަމާދު ވެސް އިމާމުވެވަޑައިގެން ކުރެއްވިއެވެ. މީގެއިތުރުން، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާގެ ޤުރްއާން މުދައްރިސް ކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މިނިސްޓަރުގެ އެޑްވައިޒަރު ކަމުގެ މަގާމުވެސް ފުރުއްވިއެވެ. 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އުނގޫފާރު ދާއިރާގެ މެންބަރު ކަމުގެ ގޮނޑި ކާމިޔާބު ކުރައްވައި، ރައްޔިތުންގެ މަޖިލީހަށް ވެދެވަޑައިގަތެވެ.

އިތުރު ލިންކުތައް[އުނިއިތުރު ގެންނަވާ]