އަބޭ ޑިއޯލް

ވިކިޕީޑިއާ އިންވިކިޕީޑިއާ
އަބޭ ޑިއޯލް

އަބޭ ޑިއޯލް ( އުފަންވެފައިވަނީ މާރޗް 15، 1976 ، އިންޑިޔާގައި ) އަކީ ހިންދީ ފިލްމީ ތަރިއެކެވެ. އަބޭ ޑިއޯލްގެ ބައްޕަ އަކީ ހިންދީ ފިލްމީ ތަރި ދަރުމެންދުރާ ޑިއޯލްގެ ކޮއްކޮ އަޖިތު ޑިއޯލް އެވެ. އެހެންކަމުން ސަނީ ޑިއޯލް، ބޮބީ ޑިއޯލް، އީޝާ ޑިއޯލް އަދި އަހާނާ ޑިއޯލް އަކީ އަބޭ ޑިއޯލްގެ ދެބެންގެ ދެދަރި ފަރާތް ތަކެވެ.


ފިލްމީ ހަޔާތް[އުނިއިތުރު ގެންނަވާ]

އަބޭ ޑިއޯލް ފިލްމީ ދާއިރާއަށް ނިކުމެފައިވަނީ 2005 ވަނަ އަހަރު ބޮޑުބޭބެ ދަރުމެންދުރާ ޑިއޯލް ޕްރޮޑިއުސްކޮށްފައިވާ ފިލްމް ސޯޗާ ނަތާ އިންނެވެ. މިފިލްމްގައި އަބޭގެ ބައިވެރިޔަކީ އައިޝާ ޓަކިއާ އެވެ. އަބޭ ޑިއޯލް މިހާތަނަށް ކުޅެފައިވަނީ އެންމެ 5 ފިލްމެވެ. އޭގެ ތެރެއިން ބޮކްސް އޮފީހުން އެކަށޭނަ ކާމިޔާބެއް ލިބިފައިވަނީ ވެސް އެންމެ ދެފިލްމަކަށެވެ. އެއީ ހަނީ މޫން ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑް، އަދި މަނޯރާމާ ސިކްސް ފީޓް އަންޑަރ އަށެވެ. އަބޭގެ ދެން އެންމެ ކުރިން ނިކުންނަން އިން ފިލްމަކީ މެރީޑިއަން އެވެ. ބުނެވޭގޮތުގައި އަބޭ ޑިއޯލް ކުޅެފައިވާ ހުރިހާ ފިލްމެއް ވެސް ޑައިރެކްޓްކޮށްފައިވަނީ ފިލްމީ ދާއިރާއަށް މުޅިން އާ ޑައިރެކްޓަރުންނެވެ.


ކުޅެފައިވާ ފިލްމްތައް[އުނިއިތުރު ގެންނަވާ]

އަހަރު ނަން ރޯލް އެހެން ނޯޓް
2010 Aisha Filming
2009 Road Movie Completed. Special screening at at the Winter Garden Theater in Toronto on 18 September 2009 during Toronto International Film Festival.
2009 މެރީޑިއަން Vijay In production
2009 ދޭވް ޑީ Dev
2008 އޯ ލަކީ! ލަކީ އޯ Lucky
2007 މެނޯރާމާ ސިކްސް ފީޓް އަންޑަރ Satyaveer
2007 އޭކް ކާލިސް ކީ ލާސްޓް ލޯކަލް Nilesh
2007 ހަނީ މޫން ޕްރައިވެޓް ލިމިޓެޑް Aspi
2006 އަހިސްތާ އަހިސްތާ Ankush
2005 ސޯޗާ ނަތާ Viren