އަނގަޔާގުޅޭ އަރުތެރެ

ވިކިޕީޑިއާ އިންވިކިޕީޑިއާ
އަނގަޔާގުޅޭ އަރުތެރެ
Pharynx
Mouth
Latin pars oralis pharyngis
Gray's subject #244 1142
Nerve pharyngeal plexus
MeSH Oropharynx
Dorlands/Elsevier p_07/12617349

އަނގަޔާގުޅޭ އަރުތެރެ(އިނގިރޭސި ބަހުން: Oropharynx) ހުންނަނީ އަނގައިގެ ތެރެއިން ފަހަތުގައެވެ. އަރުތެރޭގެ މިބައި އިންނަނީ މަޑު ޕަލޭޓް އިން ފެށިގެން ގޮސް ހައިއޮއިޑް ކަށިގަނޑު އާއި ހަމައަށެވެ. އެހެން ގޮތަކަށް ބުނާނަމަ އަނގަޔާގުޅޭ އަރުތެރެ އިންނަނީ މަޑު ޕަލޭޓް އާއި، އެޕިގްލަޓިސް ގެ މަތީ ބޯޑަރާއި ދެމެދުގައިވާ ހިސާބުގައެވެ. އަދި އަރުގެ މިބައި އިންނަނީ ކަރު ހިމެނޭ ހިސާބުގެ މައިބަދައިގެ 2 އަދި 3 ވަނަ ކަށިކޮޅާއި އެއްހަމައެއްގައެވެ.

އަނގަޔާގުޅޭ އަރުތެރެ ގެ ކުރިމަތިން ހުޅުވިފައި އިންނަނީ އަނގައިގެ ތެރެއަށެވެ. އެހެންކަމުން ކުރިމަތިން އިންނަނީ ދޫ ގެ ފެށުމެވެ. ނުވަތަ ދުލެވެ. އަރިމަތިން ހުންނަނީ ޕަލަޓައިން ޓޮންސިލްއާއި، އޭގެ ބައިތަކެވެ. ޓޮންސިލްގެ ބައިތަކުގެ ތެރޭގައި ޓޮންސިލް ވަޅުކޮޅު އަދި ޓޮންސިލް ތަނބު ހިމެނެއެވެ. މަތިން ކުޑަ ދޫ އަދި މަޑު ޕަލޭޓް އެވެ.