ކްރޮނިކް ފެޓީގް ސިންޑްރޯމް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ކްރޮޓިކް ފެޓީގް ސިންޑްރޯމް (އިނގިރޭސި ބަހުން: Chronic Fatigue Syndrome) ނުވަތަ ޕޯސްޓްވައިރަލް ފެޓީގް ސިންޑްރޯމް، ނުވަތަ ލޯ ނެޗުރަލް ކިލަރ ސެލް ސިންޑްރޯމް އަކީ ވަރުބަލިވުން އަދި ވަރުދެރަވުން ގާތްގަނޑަކަށް 6 މަސް ދުވަހުގެ މުއްދަތަށް އިހްސާސް ކުރަންޖެހޭ ބައްޔެކެވެ. މިބަލި ފެށިގެން އަންނަނީ ކުއްލިއަކަށެވެ.

ވަރުބަލިވުމުގެ އިތުރުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ، އާދައިގެ ވަރަކަށް ހުންއައުން ، އަރުތެރެ ފާރުވުން،ގޮށްލުން، މަސްތަކުގައި ރިހުން، ވަރުދެރަވުން،ހުޅުގައި ރިހުން، ބޮލުގައި ރިހުން، ނިދިނައުން، ކަންކަމުގައި ގޮތެއް ނިންމަން ނޭގުން، ހަދާންނެތުން، އަދި ލޮލުގެ ފެނުމަށް ބަދަލުއައުން ހިމެނެއެވެ.

ކްރޮނިކް ފެޓީގް ސިންޑްރޯމް ދެނެގަންނާނެ ވަކި ޚާއްޞަ ޓެސްޓެއް އަދި ތަޢާރަފް ކުރެވިފައެއް ނުވެއެވެ. މިބައްޔާއި ތަފާތު ވަކިކުރަންނޭގި އަރާރުން އުފެދޭ ބައެއް ބަލިތަކުގެ ތެރޭގައި އެޕްސްޓެންބަރ ވައިރަސް އިންފެކްޝަން އަދި މަޔަލްޖިކް އެންސެފަލޮމައިއެލައިޓިސް ހިމެނެއެވެ. އަދި ބައްޔަށް ވަކި ފަރުވާއެއް ވެސް ހޯދިފައެއް ނުވެއެވެ.