ކޮލި އާއިލާ (މަސް)

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ކޮލީގެ ވައްތަރެއް

ކޮލި އާއިލާ (ސައިންޓިފިކް ނަން: Tetraodontidae)ނުވަތަ (އިނގިރޭސި ބަހުން: balloonfish) އަކީ މޫދުގައި އުޅޭ މަސްމަހާ މެހީގެ ތެރޭގައި ހިމެނޭ އާއިލާ އެކެވެ. ކޮލި އާއިލާ އަށް ކިޔާ ނަން ގުޅިފައިވަނީ ކޮލީގެ އަނގައިގައި ހުންނަ ބޮޑު ހަތަރު ދަތާއެވެ. އިގިރޭސި ބަހުން ޓެޓްރާ މިބަހުގެ މާނައަކީ ހަތަރެކެވެ. އަދި އޮޑަންޓި މިބަސް ނިސްބަތްކުރަނީ ދަތަށެވެ.

ދިވެހި ރާއްޖޭގެ ކަނޑު ފަޅުތަކުގައި އުޅޭކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެންޑް އެގްރިކަލްޗަރުގެ މެރިން ރިސާޗް ސެކްޝަނުން ނެރެފައިވާ ދިވެހިރާއްޖޭގައި އުޅޭ މަހުގެ މަޢުލޫމާތު މިފޮތުގައި ބަޔާންކޮށްފައިވަނީ 6 ވައްތަރެއްގެ ކޮއްޔެވެ.


ކޮލި އާއިލާގައި ތަފާތު 19 ޖީނަސް އަކުން 121 ވައްތަރުގެ ކޮލި ހިމެނެއެވެ. ކޮލީގެ ބޭރުގެ ހަންގަނޑާއި، އަދި ކޮލީގެ އެތެރޭގައި ހިމެނޭ ތަފާތު ގުނަން ތަކަކީ އިންސާނުންނަަށް ވިހަ ތަކެއްޗެވެ. އެހެން ކަމުން މިތަކެތި އިންސާނުން ކެއުމަށް ބޭނުންކޮށެއް ނޫޅެއެވެ. ނަމަވެސް ޖަޕާން އަދި ކޮރެޔާ ފަދަ ގައުމުތަކުގައި ބައެއް ވައްތަރުގެ ކޮލީގެ މަސް ކައިއުޅޭކަމަށް ވެއެވެ.