ކުޑަކަމުދާ ހޮޅި ދުޅަވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކުޑަކަމުދާ ހޮޅި ދުޅަވުން(އިނގިރޭސި ބަހުން: Urethritis) ނުވަތަ ހީސް ހޮޅި ދުޅަވުން އަކީ ވަރަށް ގިނައިން ދިމާވާ ޞިއްޙީ މައްސަލަ އެކެވެ. އާންމު ގޮތެއްގައި ކުޑަކަމުދާ ހޮޅި ދުޅަވުމުން ކުޑަކަމުދާން އުދަގޫވެ، ތަދުވާގޮތް ވެއެވެ. މީގެ އިތުރުން ކުރިމަތި ފަރާތުން އެއްޗެއް ކިރުކުލައިގެ އެއްޗެއް އައުން، ކުރިމަތިފަރާތުގައި ރިއްސުން، ކެހުން، ދިލަނެގުން، އަދި ތަދުވުން ފަދަ ކަންތައްތައް ހިމެނެއެވެ. ބައެއް ކަހަލަ ޖަރާސީމް ތަކުގެ ސަބަބުން ކުޑަކަމުދާ ހޮޅި ދުޅަވުން މެދުވެރި ކުރުވައެވެ. މިގޮތުން ފާހަގަ ކުރެވޭ ޖަރާސީމް ތަކުގެ ތެރޭގައި އެޑީނޯ ވައިރަސް، އީކޮލައި، ހާރޕީޒް ސިމްޕްލެކްސް'، މައިކޮޕްލަސްމާ ޖެނިޓާލިއަމް، ޓްރައިކޮމޮނަސް' ފަދަ ޖަރާސީމްތައް ހިމެނެއެވެ.