ކުދީނާ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ކުދީނާ

ކުދީނާ ނުވަތަ ސައިންޓިފިކް ނަން: Lamiaceae) އަކީ ބިމުންމައްޗަށް ވަރަށް ކުޑަކޮށް ހެދޭ ގަހެކެވެ. މިގަހުގެ ފަތަކީ ކެއުމަށް ބޭނުންކުރާ ފަތެކެވެ. މިއީ ޒަވިވަހެއްދުވާ އާވި ކުޅިރަހައެއްދޭ ފެހިކުލަގަދަ ފަތެކެވެ. މިފަތް ހުންނަނީ ދެކޮޅު ވަށްކޮށް މެދަށް ފުޅާކޮށްނެވެ. ހަވާދާއި ޝަރުބަތާއި، ސަޓަނި ހެދުމަށާއި ބޭހަށްވެސް މިފަތް ބޭނުންކޮށް އުޅެއެވެ.

ކުދީނާ ފަތުގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. މިހުރިހާ ވައްތަރެއް ވެސް ކުރިން ބުނި ގޮތަށް ބޭނުންކޮށް އުޅެއެވެ. ގަނދަކޯޅި އަކީ ވެސް ހަމަ މިއާއިލާގެ ފަތެކެވެ.