ކުދިބަތް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކުދިބަތް

ކުދިބަތް(ސައިންޓިފިކް ނަން: Panicum miliaceum)ނުވަތަ (އިނގިރޭސި ބަހުން: common millet)އަކީ ގޮވާމުގެ ބާވަތެކެވެ. މިގަންނަނީ ނާބަންނަ ހުއީގެ މާގަނޑުކަހަލަ ރީތި، އެއްކޮޅަކަށް ހިމަކުރާ ގަނޑެއް ގައެވެ. ކުދިބަތް ފުރަތަމަ ފެނުނީ މީގެ 7ހާސް އަހަރު ކުރިންކަމަށް ތާރީޚު ހެކިދެއެވެ. މިހާރު އެންމެ އާއްމުކޮށް ކުދިބަތް ހައްދާކަމަށް ފާހަގަ ކުރެވޭ ގައުމު ތަކަކީ އިންޑިޔާ، ރަޝިޔާ، ތުރުކީ، ރޫމޭނިޔާ އަދި މެދުއިރުމަތީގެ ގައުމު ތަކެވެ.

ބުނެވޭގޮތުގައި ކުދިބަތް ގަސް ހެއްދުމަށް ފެން ބޭނުންވަނީ ވަރަށް މަދުންނެވެ. އަދި ކުދިބަތް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ހެދިބޮޑުވެ، ފޯދި އެއިން ގޮވާން ލިބޭކަމަށް ވެއެވެ. އާންމު ގޮތެއްގައި ކުދިބަތް ގަސްތައް ހެދެނީ 4 ފޫޓުގެ އުސްމިނަށެވެ. ކުދިބަތް ގަހުގައި އަޅާފައި ހުންނަނީ ކުރާގަނޑު ގަނޑަށް ވާގޮތަށެވެ. ގުރާ ފަދަ ކުދި ދޫނި ތަކަށް ކާންދިނުމަށް ވެސް ކުދިބަތް ބޭނުން ކުރެއެވެ.