ކުމުންޒާނި

ވިކިޕީޑިއާ އިން
ކުމުންޒާނި

ކުމުންޒާނި(އިނގިރޭސި ބަހުން: Benzoin resin or styrax resin) އަކީ ހުވަނދު ބޭހުގެ ބާވަތެކެވެ. ކުމުންޒާނި އަކީ ކުމުންޒާނި ގަސް (ސައިންޓިފިކް ނަން: Styrax Benzoin)ނުވަތަ (އިނގިރޭސި ބަހުން: Benzoin plant) ގެ ކިރެކެވެ. މިހުންނަނީ ނީކުނޑި ކުލައިގައެވެ. ދުންއަޅާށާއި، އަތަރު ހަދަންވެސް ބޭނުންކުރެއެވެ. މީގެ ދުމުގައި މީރުވަސް ދުވައެވެ. ކުމުންޒާނި ގަސް ހިމެނޭ އާއިލާގައި އެވައްތަރުގެ 130 އަށްވުރެ ގިނަ ގަސްތައް ހިމެނެއެވެ. ބެންޒޮއިކް އެސިޑްގައި ހިމެނޭ މައިގަނޑު ބާވަތަކީ ކުމުންޒާނި އެވެ. ބައެއް ފަހަރު ބެންޒަން ވެސް ކުމުންޒާނި އަށް ކިޔައި އުޅެއެވެ.ކުމުންޒާނި (ކިރު) ގެ މައިގަނޑު ދެވައްތަރެއް ހުރެއެވެ. އެއީ ތަފާތު ދެވައްތަރެއްގެ ގަހުން ނަގާފައި ހުންނަ ކުމުންޒާނި އެވެ.

ކުމުންޒާނި ގަހުގެ ވައްތަރެއް
Personal tools

Variants
Actions
ހިޔާލުފުޅުތައް
ސަމުގާ
އަތްމަތީފޮށި
އެހެން ބަސްބަހުން