ކުއްޅަފިލާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކުއްޅަފިލާ

ކުއްޅަފިލާ(އިނގިރޭސި ބަހުން: launaea sarmentosa)އަކީ ބިމުން ފަޅައިގެން ބޮނޑިބޮނޑިއަށް ހެދޭ ވިނައެކެވެ. މީގެ ފަތްތައް ހުންނާނީ ކޮޅަށެވެ. މިއީ ކާންބޭނުން ކުރާ ފަތެކެވެ. އާންމު ގޮތެއްގައި މިފަތް ބޭނުންކުރަނީ ބަތްފަދަ ތަކެތި ކާއިރު ބޭނުންކުރާ ފަތެއްގެ ގޮތަށާއި، އަދި ސަޓަނި ހަދައިގެން ކެއުމަށެވެ. ކުއްޅަފިލާ ފަތް އާންމުކޮށް ހެދިފައިވަނީ ޖަންގަލީގެ ތެރޭގައި އައްސޭރި ފަށާއި ކައިރި ހިސާބުތަކުގައެވެ. އެހެންކަމުން ކުއްޅަފިލާ އަކީ ދޮންވެލީގައި ވެސް އަދި ކަޅުވެލީގައި ފަސޭހަ ކަމާއެކު ހެއްދޭނެ ފަތެކެވެ. ކުއްޅަފިލާ އާންމު ގޮތެއްގައި ހެދިފައި ހުންނަނީ ބިންމަތީގައި ވިނަ ފެތުރިފައި ހުންނަހެން ފެތުރިފައެވެ.