ކާލީކޯޓު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
Kozhikode
കോഴിക്കോട്

ކާލީކޯޓު
Kozhikode
കോഴിക്കോട്
Location of Kozhikode
കോഴിക്കോട്
in ދިގުކަރަ
Coordinates 11°15′N 75°46′E / 11.25°N 75.77°E / 11.25; 75.77
Country Flag of India.svg India
State ދިގުކަރަ
District(s) ކޯލިއްކޯރު
މާޔަރު މ. ބާސްކަރަން
ކަލެކްޓަރ ޕީ. ބީ. ސާލިމް
Population
Density
436556 (2001)
5,280 /km2 (13,675 /sq mi)
Sex ratio 1.061 /
Time zone IST (UTC+05:30)
Area
Elevation
82.68 km2 (32 sq mi)
1 m (3 ft)
Website www.kozhikodecorporation.org/

ކާލީކޯޓަކީ ދެކުނު އިންޑިޔާގެ ރާއްޖެއެއް ކަމުގައިވާ ދިގުކަރަ ނުވަތަ ކެރެލާގައި އޮންނަ ޝަހަރެކެވެ. މިއީ މި ރާއްޖޭގައި ތިންވަނައަށް އެންމެ ބޮޑު ޝަހަރެވެ. އަދި ކޯލިއްކޯރު ޑިސްޓްރިކްޓުގެ އިދާރީ ވެރިރަށް ވެސް މެއެވެ. މެދު ޒަމާނުގައި މި ޝަހަރު މަޝްހޫރުވެފައިވަނީ "ހަވާދުގެ ޝަހަރު" ގެ ނަމުންނެވެ. މިއީ އިރުމަތީގެ ހަވާދުގެ ވިޔަފާރީގައި މި ޝަހަރު އަދާކުރަމުން ދިޔަ މުހިއްމު ދައުރާ ގުޅިގެން ދީފައިވާ ނަމެކެވެ. ކާލީކޯޓަކީ އެއް އިރެއްގައި މިނިވަން ރަސްކަމެއްގެ ވެރި ރަށެވެ. ހަމަ އެހެންމެ ކުރިގެ މަލާބާރު ޑިސްޓްރިކްޓުގެ ވެރިރަށް ވެސް މެއެވެ. 2001 ވަނަ އަހަރުގެ ބޯހިމެނުމަށް ބަލާއިރުގައި ކާލީކޯޓޫގެ އާބާދީއަކީ 436،556 މީހުންނެވެ. މީގެ އިތުރުން އެ ޝަހަރުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި އުޅޭ މީހުންނާ އެކު 0.9 މިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅެމުން ގެންދެއެވެ. އެހެންކަމުން ކާލީކޓު ސަރަޙައްދުވެފައިވަނީ ތިންވަނަ އަށް އެންމެ ބޮޑު އާބަން ސަަޙައްދަށެވެ. އަދި ދިގުކަރައިގައި އޮތް ތިންވަނައަށް އެންމެ ބޑު ޝަހަރަށް ވެސް މެއެވެ. ދިރާސާތައް ކުރައްވާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ހިންދުސްތާނުގެ ޝަހަރުތަކުގެ ތެރެއިން ދިރިއުޅުމަށް އެންމެ ރަނގަޅު ޝަހަރުތަކުގެ ލިސްޓެއް އެކުލަވާލަިފި ނަމަ ވަރަށް ފުރިހަމަ ދެވަނައެއް ހޯދާނީ ކާލީކޯޓު ޝަހަރެވެ.

ނަން[އުނިއިތުރު ގެންނަވާ]

ކާލީކޯޓު މި ނަމަކީ ކޮއިލް އަދި ކޯއްޓެ މި ދެ ބަހުން އުފެދިފައިވާ ނަމެއް ކަމަށް ބެލެވެއެވެ. މަލަޔާޅަމް ބަހުން ކިޔާ ނަމަކީ ކޯޜިއްކޯޓެވެ. ކާލީކޯޓު މި ނަން ކިއިފައިވަނީ އަރަބީން ކިޔާ ގޮތުންނެވެ.