ކާތަކެތި ހިގާ ހޮޅީގެ ކެންސަރު

ވިކިޕީޑިއާ އިން

ކާތަކެތިހިނގާ ހޮޅި އަކީ އަނގައާއި ބަނޑާއި ގުޅުވައިދޭ ހޮޅިއެވެ. ކާތަކެތި ބަނޑަށްދަނީ މިހޮޅީގެ ތެރެއިންނެވެ.

ފިހުރިސްތު

[އުނިއިތުރު ގެންނަވާ] ސަބަބު

  • ހަވާދުގެ ބާވަތްތައް ގިނައިން އެކުލެވިފައިވާ ކާނާ ކެއުމާއި، ކުޅިގަދަކޮށް ތައްޔާރުކޮށްފައިވާ ކާނާއާއި ސަރުބީ ގިނައިން އެކުލެވޭ ކާނާ ކެއުން
  • ދުންފަތުގެ އިސްތިއުމާލުކުރުން
  • ވިޓަމިންގެ މާއްދާތައް ބޭނުންކުރުން މަދުވުން

ކެއުމުގެ ތެރޭގައި ވިޓަމިން އެކުލެވޭ ކާނާ ބޭނުންކުރުމަކީ ކާތަކެތިހިނގާ ހޮޅީގެ އެތެރޭގެ ތެތްދުލިފަށް ތައް ހަލާކުވިޔަނުދިނުމަށް އެހީވެދޭނެ ކަމެކެވެ.

[އުނިއިތުރު ގެންނަވާ] އަލާމާތްތައް

  • އޮއްޓަރުކާނާ އަދި އޮލަކޮށް ހުންނަކާނާ ދިރުވަން އުދަގޫވުން
  • މޭގެ މެދެއްހާ ހިސާބަށާއި އެހިސާބުން ބުރިކައްޓަށް ތަދުވުން
  • ބަރުދަން ލުއިވުން
  • ކައިގެން މާގިނައިރުނުވެ ހޮނޑުލެވުން އަދި ބައެއް ފަހަރު ހޮނޑުގައި ލޭހުރުން

[އުނިއިތުރު ގެންނަވާ] ފަރުވާ

  • އޮޕަރޭޝަން ކުރުން
  • ރޭޑިއޭޝަން ދިނުން
  • ކީމޯތެރަޕީ ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.

[އުނިއިތުރު ގެންނަވާ] މަރުޖިޢުތައް

  • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005
Personal tools

Variants
Actions
ހިޔާލުފުޅުތައް
ސަމުގާ
އަތްމަތީފޮށި
އެހެން ބަސްބަހުން