ކާފޫރު

ވިކިޕީޑިއާ އިން

ކާފޫރު(އިނގިރޭސި ބަހުން: Camphor)އަކީ ހުދު ކުލައިގައި އުންގަނޑެއް ހެން ހުންނަ އަތަރު ވަހެއް ހުންނަ ހަރު އެއްޗެކެވެ. ކާފޫރުގެ ކެމިކަލް ފޯމިއުލާ އަކީ C10H16O އެވެ. ކާފޫރު އުފެދިފައި ހުންނަނީ ކާފޫރު ގަސް ގެ ލަކުނޑިގަނޑުގައެވެ. މީގެ އިތުރުން ކާފޫރު ގަސް ހިމެނޭ އާއިލާގެ އެހެން ގަސްގަހުގެ ލަކުނޑި ގަނޑުގައި ވެސް ކާފޫރު ހުންނަކަމަށް ވެއެވެ. މީގެ އިތުރުން ޓާޕެންޓިން އޮއިލް ނުވަތަ ތެލުން ވެސް ކާފޫރު އުފައްދައެވެ.

އިންޑިޔާގައި ކާފޫރު ބައެއް ބާވަތުގެ ކާތަކެތި ތައްޔާރުކުރުމަށް ވެސް ބޭނުންކުރެއެވެ. މީގެ އިތުރުން ބޭހަށާއި، ދީނީ ބައެއް ކަންކަމުގެ ތެރޭގައި ވަސްދުއްވުމަށް ވެސް ކާފޫރު ބޭނުން ކުރެއެވެ.

Personal tools

Variants
Actions
ހިޔާލުފުޅުތައް
ސަމުގާ
އަތްމަތީފޮށި
އެހެން ބަސްބަހުން