ކާށި ހިކާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކާށި ހިކާ

ކާށި ހިކާ (ސައިންޓިފިކް ނަން: Thalassoma hardwicke)ނުވަތަ (އިނގިރޭސި ބަހުން: Six bar wrasse)އަކީ ހިކާގެ ތެރެއިން މިރާއްޖޭގައި އެންމެ ގިނައިން އުޅޭ އެއް ބާވަތެވެ. ފަޅުފަޅުގެ ތެރޭގައި ކުދިމަސް ހިފަން އުޅޭއިރު، ގިނައިން މިބާވަތް ހިފައެވެ. ކުދިބުޅީގައި އެންކޮޅެއް ލައިގެން ބާނާ ހަދައެވެ. އާންމު ގޮތެއްގައި މިބާވަތް އުޅެނީ ފަރުފަރުމަތީ ގައްޔާއި، ތޮށިތޮށިގަނޑުގެ ކައިރީގައެވެ.

މިއީ ރީތި ކުލަކުލައިން ޑިޒައިން ކުރެވިފައިވާ އެކްއޭރިއަމް ތަކުގައި ގެންގުޅެން ވަރަށް ރީތި މަހެކެވެ. މަހުގެ މަތީ އުރަހަ ބައިގެ މަޑުކަށިތައް ހަރުކަށިތަކަށްވުރެ ދިގެވެ. މަހުގެ ނިގުލުގެ މަތީކޮޅާއި ތިރީކޮޅު ނަގޫފަތުގެ އެހެން ބަޔަށްވުރެ ދިގެވެ.