ކަދުރާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
އިންސާނެއްގެ ކަރު.

ކަދުރާ(އިނގިރޭސި ބަހުން: Neck) އަކީ އިންސާނާގެ ބޮލާއި އޭނާގެ ހަށިގަނޑު ނުވަތަ މައި ޖިސްމް ގުޅުވާލަދޭ ފާލަމެވެ. ނުވަތަ ގުޅުވައިދޭ ބައެކެވެ. މައިބަދައިގެ ކަށިތަކުގެ ތެރެއިން ކަދުރާ ހިމެނޭ ހިސާބުގައި ޖުމްލަ 7 ކަށިކޮޅު ވެއެވެ. މިކަށިކޮޅުތަކަށް ނަންދީފައިވަނީ ސަވައިކަލް ސްޕައިން ގެ ނަމުންނެވެ. އެހެން ކަމުން މިކަށިކޮޅުތައް ނަންކިޔަނީ C1 މިގޮތަށެވެ. މިއިން ކޮންމެ ކަށިކޮޅެއްގެ މެދުގައި މަޑުކަށިން އުފެދިފައިވާ ޑިސްކްތަކެއް ހުރެއެވެ.