ކައްބާބު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ކައްބާބު

ކައްބާބު (ސައިންޓިފިކް ނަން: Piper cubeba)ނުވަތަ (އިނގިރޭސި ބަހުން: Cubeb)އަކީ މަތިކަރާ ބޭހުގެ ބާވަތެކެވެ. މިއީ ގަހެއްގައި އަޅާ ކަޅުކުލައިގެ އޮށެކެވެ. މިހުންނާނީ އަސޭމިރުހާ ދާދި އެއްބައްޓަމަކަށް އެއަށްވުރެ އޮމާންކޮށެވެ. މީގައި ކުޑަ ތަނޑިއެއް ހުންނާނެއެވެ. މިއީ އަސޭމިރުސް އަދި ވަކިފޫ އާއި އެއްއާއިލާގެ އެއްޗެކެވެ. އާންމު ގޮތެއްގައި އެންމެ ގިނައިން ކައްބާބު ހައްދާކަމަށް ފާހަގަ ކުރެވިފައިވަނީ އިންޑޮނޭޝިޔާގެ ސުމަޓްރާ އަދި ޖާވާ ގައެވެ. މިއީ ކައްބާބު އަށާއި އެއިން ހާނާ ތެލުގެ ބޭނުމުގައި ހައްދައި އުޅޭ އެއްޗެކެވެ. ކައްބާބު ރަގަޅަށް ދޮންނުވަނީސް ބިނދެގެން ހިއްކައި ހަދައެވެ. ކައްބާބުގެ ކުލައަކީ އަޅިމުށި ނުވަތަ ކަޅު ކުލައެވެ. ކައްބާބު އަކީ ހަރު އޮށެކެވެ. އަދި އޭގައި ތެޔޮކަމެއް ހުންނާނެއެވެ. ކައްބާބުގައި ހުންނާނީ ފާނޑެއްގެ ޒަވި ހިތި ރަހައެކެވެ. ބައެއް ވައްތަރުގެ އަތަރާއި ސެންޓް އުފެއްދުމަށް ވެސް ކައްބާބު ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.