ކަރުނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
The tear system. A) Tear gland / Lacrimal gland B) ސުޕީރިއަރ ލެކްރިމިނަލް ޕަންކްޗަމް C) ސުޕީރިއަރ ލެކްރިމިނަލް ކެނެލް D) ޓިއަރ ސެކް / ލެކްރިމިނަލް ސެކް E) އިންފީރިއަރ ލެކްރިމިނަލް ޕަންކްޗަމް F) އިންފީރިއަރ ލެކްރިމިނަލް ކެނެލްl G) ނެސޯލެކްރިމިނަލް ކެނެލް


ކަރުނަ ނުވަތަ (އިނގިރޭސި ބަހުން: Tears) އަކީ ލޯ ސާފުކޮށްދީ ތެތްކަންމަތީ ބެހެއްޓުމަށް ލޮލުން އުފައްދާ ދިޔައެކެވެ. މީގެ އިތުރުން ރުއިމުގެ ތެރޭގައި ވެސް ލޮލުން ބޭރުވެގެންދާ ފެނަކީ ކަރުނަ އެވެ. ކަރުނަ އުފައްދަނީ ކަރުނަ ގޮށް އިންނެވެ. ކަރުނަ ގޮށް(Lacrimal gland) އިންނަނީ ކޮންމެ ލޮލެއްގެ ނޭފަތާ ދުރުކޮޅުން މަތީގައެވެ.

މައިގަނޑު 3 ގޮތެއްގެ މަތިން ކަރުން އުފެދެއެވެ.

  • އާދައިގެ ކަރުނަ: މިއީ އާންމުކޮށް ލޯ ތެތްކަން މަތީ ބެހެއްޓުމަށް އުފެދިފައި ހުންނަ ކަރުނައެވެ. މީގެ ސަބަބުން ލޯ ސާފުކޮށްދެއެވެ.
  • ކޮންމެވެސް މާއްދާއަކަށް ހުށަހެޅުމުން އުފެދޭ ކަރުނަ: މިއީ ހަށިގަނޑާ ނުރައްޓަހި މާއްދާއެއް ލޮލަށް އެޅުމުން، ނުވަތަ ވަހެއް، ދިލައެއް ފަދަ އެއްޗަކަށް ލޯ ހުށަހެޅުމުން އުފެދޭ ކަރުނަ އެވެ. މިސާލަކަށް ފިޔާ ކޮށާއިރު ލޮލުން އަންނަ ކަރުނަ އަކީ މިވައްތަރުގެ ކަރުނަ އެވެ.
  • ރުއިމުގެ ތެރޭގައި އުފެދޭ ކަރުނަ: މިއީ ހަށިގަނޑަށް އިހްސާސްވާ ތަނދެއް، ނުވަތަ ޖަޒުބާތުގެ ސަބަބުން ރުއިމުން އުފެދޭ ކަރުނައެވެ.