ކަރަވެރި މަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކަރަވެރި މަސް

ކަރަވެރި މަސް (އިނގިރޭސި ބަހުން: Rastrelliger kanagurta )ނުވަތަ (އިނގިރޭސި ބަހުން: Indian mackerel)އަކީ ކަނޑުމަހުގެ އާއިލާގައި ހިމެނޭ ގިނަ މަސްތަކަށްވުރެ ކުޑަމަހެކެވެ. މިއީ ކެއުމަށް ރަގަޅު މަހެކެވެ. މިމަސް ގިނައިން ފެންނަ ކަމަށްވަނީ ރާއްޖޭގެ އުތުރުގެ އަތޮޅު ތަކުންނެވެ. މިއީ އިންޑިޔާ އަދި ސްރީލަންކާގެ އައްސޭރި ފަށުގެ ކަނޑުތަކުގައި ގިނައިން އުޅޭކަމަށް ފާހަގަ ކުރެވިފައިވާ މަހެކެވެ. ބޮޑެތި އައިން ހަދައިގެން އުޅޭކަމަށް ފާހަގަކުރެވިފައިވާ މަހެކެވެ. މިބާވަތުގެ މަސް ދަތުރުކުރާއިރު ގިނައިން ތިބެނީ ވަރަށް ބޮޑަށް އަނގަ ހުޅުވައިގެންނެވެ. އެއީ އޭގެ ކާނާ ކަމަށްވާ ކުދިފަނި ފަކުސަ ފަދަ ތަކެތި އަނގަޔަށް ވައްދާ ކަރުގަނޑުން ފުރާނާލުމަށްޓަކައެވެ. މިއީ ދިވެހި މަސްވެރިންނަށް މަދުމަދުން ބޭނޭ ބާވަތެކެވެ. މިމަސް އެންމެ ބޮޑުވާކަމަށް ވަނީ 35 ސެންޓިމީޓަރަށެވެ. މަހުގެ ކަރުގަނޑުގެ ކަށިތައް ވަރަށް ދިގެވެ. މިކަށިތައް މަހުގެ އަނގަ ހުޅުވާލުމުން ވަރަށް ފަސޭހައިން ފެންނަށް ހުރެއެވެ.

މަހުގެ ބުރަކަށިމަތީގެ ދެކޮތަރިބައި ދޭތެރޭގެ ހުސްތަން ވަރަށް ބޮޑެވެ. ބުރަކަށިމަތީގެ ކުލައަކީ ނޫފެހިކުލައެވެ. ދެއަރިމަތި ހުންނަނީ ރަންރިހި ކުލައެއްގައެވެ. މަހުގެ މަތީބައިގައި މަހުގެ ދެފަރާތުގައި ދެބަރިއަށްހުންނަ ތިކިތަކެއް ފާޅުކޮށް ފެންނަން ހުރެއެވެ. އަދި މިތިކިތަކާއެކު މަހުގެ ދެއަރިމަތީގައި ހުރަހަށްވާގޮތަށް ރަންކުލައެއްގެ ފުޅާ ރޮނގުތަކެއް ވެސް ހުރެއެވެ. މަހުގެ ކަންފަތުގެ ކައިރީގައި ކަޅުކުލައިގެ ލަފެއް ފާޅުކޮށް ފެންނަން ހުރެއެވެ. މަހުގެ ނިގޫފަތާއި ކޮތަރިތަކުގެ ކުލައަކީ ރީނދޫ ކުލައެވެ. ފަރުމަހުގެ ބާވަތެއް. މިއީ އައިން ހަދައިގެން ދަތުރުކޮށް އުޅޭ މަހެކެވެ. މިމަހުގެ ބުރަކަށި މަތީގެ ކުލައަކީ ނޫފެހިކުލައެވެ. ދެއަރިމަތީގައި ހުންނަނީ ރަންރިހިކުލައެވެ. މަހުގެ ނިގޫފަތާއި ކޮތަރިތަކުގައި ހުންނަނީ ރީނދޫކުލައެވެ. މަހުގެ ކަންފަތް ކައިރީގައި ކަޅުކުލައިގެ ލަފެއް ހުރެއެވެ