ކަންފަތް ދުޅަވުން (ބޭރު)

ވިކިޕީޑިއާ އިންވިކިޕީޑިއާ

ބޭރު ކަންފަތް ދުޅަވުން(އިނގިރޭސި ބަހުން: Otitis Externa) އަކީ ވެސް ވަރަށް ގިނަ މީހުންނަށް ދިމާވާ ޞިއްޙީ މައްސަލަ އެކެވެ. މިބަލި ޖެހިއްޖެނަމަ ކަންފަތުގެ ބޭރުބައިގެ ހަންގަނޑުގައި ހިރުވައި ކަހައި، ތޮށިލާގޮތް ވެއެވެ. ބައެއް ފަހަރު ކަންފަތު ތެރެއިން ނުބައިވަސް ދުވާ ފެން، ނުވަތަ ދޮސް އައުން އެކަށީގެން ވެއެވެ. އަދި ދޭތެރެ ދޭތެރެއިން އަޑުނީވުމުގެ މައްސަލަ ވެސް ކުރިމަތިވާގޮތް ވެއެވެ. ބޭރު ކަންފަތް ދުޅަވުން ކުރިމަތިވުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި، މާގިނައިން ދާހިއްލުން، ކޮންމެވެސް ސިފައެއްގައި ކަންފަތަށް އަނިޔާއެއް ލިބުން، އެއްޗަކާއި ނުގުޅުން، ފެތުމާއި، ފީނުން ފަދަ ކަންތައްތައް ހިމެނެއެވެ. އާންމު ގޮތެއްގައި ބޭރު ކަންފަތް ދުޅަވުން ކުރިމަތިކުރުވާ ޖަރާސީމް އަކީ ބެކްޓީރިޔާ އެވެ. ނަމަވެސް ވައިރަސް އަދި ފަންގަސް ގެ ސަބަބުން ވެސް މިބަލި ޖެހިދާނެއެވެ.