ކަންކުން

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކަންކުން

ކަންކުން(ސައިންޓިފިކް ނަން: Ipomoea aquatica)ނުވަތަ (އިނގިރޭސި ބަހުން: kangkong)އަކީ ފަތްޕިލާވެލީގެ ބާވަތެކެވެ. މިއީ ދިވެހިން ކާން ބޭނުންކުރާ ފަތެކެވެ. ދުނިޔޭގެ އެކިހިސާބުތަކުގައި ކަންކުން ފަތް އަށް ތަފާތު ނަންނަމުން ކިޔައި އުޅެއެވެ. ކަންކުން ފެނުގައި ވެސް ހެދެއެވެ. އަދި ބިމުގައި ހައްދާނަމަ އާންމުކޮށް ހައްދަނީ ތެތް ވެލިގަނޑު ހުންނަ ހިސާބުތަކުގައެވެ. ކަންކުން ފަތުގެ ތަނޑީގައި 3-2 މިލިމީޓަރު ހުރެއެވެ. ކަންކުން ފަތުގެ ދިގުމިނުގައި 15-5 ސެންޓިމީޓަރު ވަރުހުރެއެވެ. އަދި ފުޅާ މިނުގައި 8-2 ސެންޓި މީޓަރު ވަރުހުރެއެވެ. އަދި ކަންކުންފަތުގެ މަލުގެ ވަށަމިނުގައި 5-3 ސެންޓިމީޓަރު ވަރު ހުރެއެވެ.