ބުރޮޅި

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ބުރޮޅި

ބުރޮޅި(އިނގިރޭސި ބަހުން: Terminalia bellirica)ނުވަތަ (އިނގިރޭސި ބަހުން: bastard myrobalan) އަކީ އޮށްބޭހުގެ ފަސް ބާވަތުގެ ތެރެއިން އެއްބާވަތެކެވެ. މިއީ ވަށްކޮށް އެއްކޮޅު ތަނޑެއްގެ ސިފައަށް ކުޑަކޮށް ދިގުވެލައިފައި ހުންނަ އެއްޗެކެވެ. ބޭރު ހުންނާނީ އޮމާންކޮށެވެ. މީގެ ކުލައަކީ މުށިކުލައަކަށްދާ އަޅި ކުލައެކެވެ. ޢާއްމުކޮށް ބޭހަށް ބޭނުން ކުރަނީ ބުރޮޅިގެ ބޭރެވެ. ބައެއްކަހަލަ ބޭހަށް މީގެ މަދުވެސް ބޭނުން ކުރެއެވެ. ބުރޮޅި އަކީ މާގިނައިން ކެއުމަކީ މޭނުބައިކޮށް ހޮނޑުލުން މެދުވެރިކުރުވާނޭ ކަމެކެވެ. ބައެއް ހިސާބުތަކުގައި ބުރޮޅި މަސްތުވާ އެއްޗެއްގެ ގޮތުގައި ބޭނުންކުރާ ކަމަށް ވެއެވެ. ބުރޮޅީގެ 40 އިންސައްތަ އަކީ ތެޔޮ ކަމުގައި ވެއެވެ.