ބުރުންޑީ
| Republic of Burundi
Republika y'u Burundi
République du Burundi |
||||||
|---|---|---|---|---|---|---|
|
|
||||||
| Motto: "Ubumwe, Ibikorwa, Iterambere" (Kirundi) "Unité, Travail, Progrès" (French) "Unity, Work, Progress" 1 |
||||||
| Anthem: Burundi bwacu (Our Burundi) |
||||||
| Capital (and largest city) |
Bujumbura 3°30′S 30°00′E / 3.5°S 30°E |
|||||
| Official languages | Kirundi, French | |||||
| Vehicular languages | Swahili | |||||
| Demonym | Burundian | |||||
| Government | Republic | |||||
| - | President | Pierre Nkurunziza | ||||
| Independence | from Belgium | |||||
| - | Date | July 1, 1962 | ||||
| Area | ||||||
| - | Total | 27,830 km2 (145th) 10,745 sq mi |
||||
| - | Water (%) | 7.8% | ||||
| Population | ||||||
| - | July 2009 estimate | 8,988,091[1] (89th) | ||||
| - | 2008 census | 8,038,618[2] | ||||
| - | Density | 323.0/km2 (45th) 836.5/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $3.099 billion[3] | ||||
| - | Per capita | $389[3] | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $1.097 billion[3] | ||||
| - | Per capita | $138[3] | ||||
| Gini (1998) | 42.4 (medium) | |||||
| HDI (2007) | ||||||
| Currency | Burundi franc (FBu) (BIF) |
|||||
| Time zone | CAT (UTC+2) | |||||
| - | Summer (DST) | not observed (UTC+2) | ||||
| Drives on the | right | |||||
| Internet TLD | .bi | |||||
| Calling code | 257 | |||||
| 1 | Before 1966, "Ganza Sabwa". | |||||
| 2 | Estimate is based on regression; other PPP figures are extrapolated from the latest International Comparison Program for benchmark estimates. | |||||
ބުރުންޑީއަކީ އިރުމަތީ އަދި މެދުތެރޭ އެފްރިކާ ސަރަޙައްދަށް ނިސްބަތްވާ ބިން ބަންދު ޤައުމެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް [އުނިއިތުރު ގެންނަވާ]
ބުރުންޑީގެ ރަސްމީ ބަހަކީ ކިރުންޑީ ބަހާއި ފަރަންސޭސި ބަހެވެ. މީގެ އިތުރުން ސަވާހިލީ ބަސް ވެސް އެކި ކަންކަމުގައި ބޭނުންކުރެވެއެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ބުރުންޑިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބުޖުމްބުރާއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. ބުރުންޑީއަކީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 8 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 93 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 27830 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ bi. އެވެ. ކޯލިން ކޯޑަކީ +257 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ބުރުންޑީ ފްރޭންކެވެ.
ނަން [އުނިއިތުރު ގެންނަވާ]
ބުރުންޑީގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ބުރުންޑީއެވެ.
ޖުޣުރާފީ [އުނިއިތުރު ގެންނަވާ]
ބުރުންޑީގެ އުތުރުގައި އޮތީ ރުވާންޑާއެވެ. ދެކުނާއި އިރުމަތީގައި އޮތީ ޓެންޒޭނިޔާއެވެ. ހުޅަނގުގައި އޮތީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއެވެ.
ތާރީޚު [އުނިއިތުރު ގެންނަވާ]
ފުރަތަމަ ބޮޑު ހަނގުރާމައިގައި ޖަރުމަނު މީހުން ބަލިވުމުން އެފްރިކާގައި ބައްރުގެ ޤައުމުތަކުގެ ތެރެއިން ޖަރުމަނުގެ ބާރުގެ ދަށުގައި ހުރި ތަންތަން ނުވަތަ ޖަރމަން އީސްޓް އެފްރިކާ ބެލްޖިއަމްއާ ޙަވާލުކުރެވުނެވެ. 1924 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު ރަސްމީ ގޮތެއްގައި ބުރުންޑީ އާއި ރުވާންޑާ، ބެލްޖިއަމްގެ ދަށަށް ދިޔައެވެ. އެއީ ރުއާންޑާ-އުރުންޑީގެ ނަމުގައެވެ. އެހެން ނަމަވެސް ބެލްޖިއަމްގެ މީހުން ވަނީ މިތަނުގެ އެެވޭލާ ރަސްކަން ކުރިޔަށް ގެންދިއުމުގެ ފުރުޞަތު ދިނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުގައި ރުއާންޑާ-އުރުންޑީ އޮތީ ބެލްޖިއަމްއިން އިދާރީ ގޮތުން ހިންގާ، އެހެން ނަމަވެސް އ.ދ ގެ ޓްރަސްޓް ޓެރިޓަރީއެއްގެ ގޮތުގައެވެ. ބުރުންޑީ މިނިވަންވުމަށް ފަހުގައި އެ ޤައުމުގައި ހިނގައި ދިޔަ ދާޚިލީ ހަނގުރާމައަށް ފަހުގައި މިހާރު ވަނީ އެ ޤައުމު އާރާސްތު ކުރުމުގެ ދައުރެއް އައިސްފައެވެ. އ.ދ އިން ވަނީ އެ ޤައުމުގައި އެ ޖަމާޢަތުން ޞުލްޙަ ބަލަހައްޓަން ކުރިޔަށް ގެންދިޔަ މަޝްރޫޢު ހުއްޓާލުމަށް ފަހުގައި، ބުރުންޑީ އާރާސްތުކުރުމުގެ މަސައްކަތް ފަށާފައެވެ. ބެލްޖިއަމްގެ އަތްދަށުން ބުރުންޑީ މިނިވަންވެފައިވަނީ ޖުލައި 1، 1962 ގައެވެ.
ޑެމޮގްރަފިކްސް [އުނިއިތުރު ގެންނަވާ]
ބުރުންޑީގެ އާބާދީއަށް އެންމެ ބޮޑު އަސަރެއް ފޯރުވާ އެކައްޗަކީ އެއިޑްސް ބައްޔެވެ. އެއިޑްސް ބަލީގެ ސަބަބުން އަހަރަކު އެތައް ބަޔަކު ބުރުންޑީގައި މަރުވަމުންދެއެވެ. 500000 އަށް ވުރެ ގިނަ މީހުން ވަނީ އެއިޑްސް ބަލީގެ ސަބަބުން އެހެން މީހުންނާ ވަކި ކުރެވިފައެވެ. މިއީ އެ ޤައުމުގެ އާބާދީގެ ނިސްބަތުން ބެލިކަމުގައި ވިޔަސް ބޮޑު ޢަދަދެކެވެ. ހަމަ އެހެންމެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ބުރުންޑީގެ އެތައް ބަޔަކު ވަނީ އެ ޤައުމު ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކޮށްފައެވެ. މި ގޮތުން އެމެރިކާއަށް އެކަނި ބަލާއިރު ވެސް އެ ޤައުމުގައި ވެސް ބުރުންޑީގެ 10000 އަށް ވުރެ ގިނަ ރެފިއުޖީން ދިރިއުޅެމުން ގެންދެއެވެ. ބުރުންޑީގެ އާބާދީގެ 70% މީހުންނަކީ ކިރިސްތިޔަނުންނެވެ. މީގެ ތެރޭގައި ހިމެނެނީ 65% ކެތަލިކުންނާއި 5% ޕްރޮޓެސްޓުންނެވެ. މުސްލިމުންގެ ނިސްބަތަކީ 10% އެވެ. އަދިވާސީ ދީންތަކަށް ތަބާވާ މީހުންގެ ޖުމްލައަކީ 20% އެވެ.
ސަގާފަތު [އުނިއިތުރު ގެންނަވާ]
ބުރުންޑީގެ ސަގާފަތަށް ބަލާއިރުގައި، ބުރުންޑީގެ ސަގާފަތު ބިނާވެފައިވަނީ އެ ޤައުމުގެ އަދިވާސީ އާދަކާދަތަކާއި އަވަށްޓެރި ޤައުމުތަކުގެ ސަގާފަތްތަކުގެ މައްޗަށެވެ. އަތްތެރި މަސައްކަތަކީ ބުރުންޑީގެ ސަގާފަތުގައި ހިމެނޭ މުހިއްމު ބައެކެވެ. ބުރުންޑީއަކީ އެފްރިކާގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ބޯދާ މުއްސަނދި ސަަގާފަތެއް އޮތް ތަނެކެވެ.
އިޤްތިޞާދު [އުނިއިތުރު ގެންނަވާ]
ބުރުންޑީގެ އިޤްތިޞާދަކީ ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް ފުނޑުފުނޑުވެގެން ގޮސްފައިވާ އިޤްތިޞާދެކެވެ. ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ބުރުންޑީއަކީ ޢާއްމުންގެ ފަޤީރުކަން ވެސް އެންމެ ބޮޑު އެއް ޤައުމެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 389 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found