ބުރަކަށީގައި ރިހުން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ބުރަކަށީގައި ރިހުން ނުވަތަ (އިނގިރޭސި ބަހުން: Back Pain) ނިސްބަތް ކުރެވެނީ ކަރުގެ ފަހަތުން މަތިން ފެށިގެން ގޮސް އުނަގަނޑާއި ދެމެދުގައި އުފެދޭ ރިހުމަށެވެ. ފަހަރުގައި މިގޮތަށް އުފެދޭ ރިހުމުގެ އަސްލަކީ މަސް، ކަށި، ނާރު، ނުވަތަ ހުޅެއްގައި އުފެދޭ ރިހުމަކަށް ވެދާނެއެވެ. މިގޮތަށް އުފެދޭ ރިހުމަކީ ވަގުތީ ކަމަކަށް ވެސް ވެދާނެއެވެ. އަދި ބައެއް ފަހަރު ދާއިމީ ކަމަކަށް ވެސް ވެގެން ދެއެވެ. އަދި ރިހުން އަބަދު ހުންނަގޮތްވެސް ބައެއް ފަހަރު ވެއެވެ. އަނެއްބައި ފަހަރު ރިހުން މެދު ކެނޑިފައި އަނެއްކާ ވެސް ރިހެން ފަށައެވެ.


ބުރަކަށީގައި ރިހުން ކުރިމަތިކުރުވާ ބައެއް ކަންތައްތައް[އުނިއިތުރު ގެންނަވާ]

އެހެނިހެން ސަބަބުތައް[އުނިއިތުރު ގެންނަވާ]

ބަލިވެ އިނުމާއި ބުރަކަށީގައި ރިހުން[އުނިއިތުރު ގެންނަވާ]

ބުރަކަށީގައި ރިހުން ވަރަށް ޢާންމު ކަމެއް

ބުރަކަށީގައި ރިހުމަކީ ބަލިވެއިނުމަށްފަހު ވިހެއުމާއި، ދޭތެރޭ ކޮންމެ ދުވަސްވަރެއްގައި ވެސް ކުރިމަތިވެދާނެ ކަމެކެވެ. ވަރަށް ގިނަ އަންހެނުންނަށް ބަލިވެއިނުމާއި ގުޅިގެން ބުރަކަށީގައި ރިހުމުގެ އުދަގުލާއި ކުރިމަތިލާން ޖެހެއެވެ. ބުރަކަށީގައި ރިހުން ކުޑަކުރުމަށް އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

  • ފުންނާބު އުސް ފައިވާން ނުވަތަ ބޫޓަށް ނޭރުން
  • ބަރުތަކެތި އުފުލާ ނުހެދުން
  • އެއްޗެއް އުފުލުމަށް ނުވަތަ ނެގުމަށް އުނަގަނޑު ނުލެއްބުން: މިގޮތަށް ލައްބާނަމަ ބުރަކަށި ސީދަލަށް ބެހެއްޓުމަށްފަހު ދެކަކޫ ލެއްބުން
  • މާގިނައިރު ކޮއްޅަށް ނުހުރުން: މިގޮތަށް ހުންނަނަމަ އެއްފައި މައްޗަށް ނަގައި ފައިދަށަށް ގޮނޑިއެއް ނުވަތަ ފޮށިގަނޑެއް ފަދަ އެއްޗެއް ލައިގެން ހުރުން
  • ގޮނޑިއެއް ފަދަ އެއްޗެއްގައި އިށީދެ އިންނަނަމަ ފަހަތަށް ބާލީހެއްލައި އޭގައި ލެގިލައިގެން އިނުން
  • ނިދާއިރު ވާތްފަރާތަށް ބުރަވެއޮވެ ނިދުމާއި،ދެފައި ދޭތެރެއަށް ބާލީހެއް ލައިގެން އޮތުން
  • ގޭތެރޭގައި މަސައްކަތްކުރާ އިރު ވީވަރަކުން ގުދުނުވެ އުޅުން
  • ރިއްސުން ހުންނަ ހިސާބު ހޫނު ނުވަތަ ތެތް ފޮތިގަނޑަކުން މަސާޖުކުރުން
  • ތާފަނާ ފެނުން ދުވާލަކު ދެފަހަރު ފެންވެރުން
  • ހަރު ގޮދަނޑިއެއްގައި ނިދަން އާދަކުރުން
  • މަދުވެގެން ހަފްތާއަކު 3ފަހަރު ކަސްރަތު ކުރުން


ފަރުވާ[އުނިއިތުރު ގެންނަވާ]