ބާދިރީ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ބާދިރީ
Pennisetum glaucum

ބާދިރީ(ސައިންޓިފިކް ނަން: Pennisetum glaucum)ނުވަތަ (އިނގިރޭސި ބަހުން: Pearl millet)އަކީ ގޮވާމުގެ ބާވަތެކެވެ. މިއީ އޮނުފަތްހެއް ހިމަދިގުކޮށް ފަތްހުންނަ ގަހެއްގައި ނިކުންނަ ދިގުކުރާ ގަނޑެއްގައި އަޅާ އޮށްޓަރެކެވެ. މީގެ ކުލައަކީ ގަދަމުށިކުލައެވެ. މިގަސްހެދެނީ ގާތްގަނޑަކަށް 4 ފޫޓު 5 ފޫޓަށެވެ. މިއީ ކުދިބަތް ހުންނަ ފާޑަށް އެއަށްވުރެ ބޮޑެތިކޮށް ހުންނަ ގޮވާމެކެވެ. މީލާދީގެ 2 ހާސް އަހަރު ކުރިން އިންޑިޔާއިން ބާދިރީ ފެނުނު ކަމަށް ތާރީޚް ހެކިދެއެވެ.

ދިވެހި ބަހަށް ބާދިރީ މިނަން ނެގިފައިވަނީ އިންޑިޔާގައި ބާދިރީ އަށް ބޭނުންކުރެވޭ ނަމެއް ކަމުގައިވާ ބާޖިރީ އިން ކަމަށް ފާހަގަ ކުރެވެއެވެ.