ރީނދޫ ރެވި

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ރީނދޫ ރެވި

ރީނދޫ ރެވި(ސައިންޓިފިކް ނަން: Brassica Alba)ނުވަތަ (އިނގިރޭސި ބަހުން: Yellow Mustard) އަކީ ރެވިގެ ވައްތަރެކެވެ. ރެވި ފަދަ އިން ރީނދޫ ރެވި އަކީ ވެސް ހަވާދުގެ ބާވަތެކެވެ. ރީނދޫ ރެވި ފުރަތަމަ ފެނިފައިވަނީ ނުވަތަ ހައްދާފައިވަނީ ޔޫރަޕުގެ މެދުތެރޭ ކަނޑާވީ ހިސާބުގައިވާ ގައުމުތަކުގައެވެ. ރީނދޫ ރެވި އަށް ބައެއް ފަހަރު ހުދު ރެވި ވެސް ކިޔައިއުޅެއެވެ.

ރީނދޫރެވި ކިޔަނީ އާންމު ގޮތެއްގައި ރީނދޫރެވި ތޮޅީގެ ތެރޭގައި ހުންނަ އޮށަށެވެ. ރީނދޫ ރެވިތޮޅި އަޅާ ގަހުގައި ހުންނަނީ ރީނދޫ ކުލައިގެ މަލެއް ނިކުމެފައެވެ. އަދި މިގަހުގައި އަޅާ ކޮންމެ ތޮޅިއެއްގައި ގާތްގަނޑަކަށް 6 ރެވި ފުށް އޮވެއެވެ. މިއިން ކޮންމެ ރެވި ފުކެއްގެ ބޮޑުމިނުގައި 2-1 މިލިމީޓަރު ހުރެއެވެ. މިއީ ހަރު ފުކެކެވެ ނުވަތަ އޮށެކެވެ. ހުދު ރެވި އިން ވެސް ތެޔޮ ތައްޔާރު ކުރެއެވެ.