ރީނދޫ ހުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ރީނދޫ ހުން (އިނގިރޭސި ބަހުން: Yellow Fever)އަކީ ފްލެވިވިރިޑޭ(އިނގިރޭސި ބަހުން: Flaviridae) ގުރޫޕް ގައި ހިމެނޭ ފްލެވިވައިރަސް(އިނގިރޭސި ބަހުން: Flavivirus) އެއްކަމުގައިވާ ރީނދޫ ހުން ޖައްސާ ވައިރަސް(އިނގިރޭސި ބަހުން: Yellow Fever Virus) ގެ ސަބަބުން ޖެހޭ ބައްޔެކެވެ. ހަށިގަނޑުގެ ބައިތަކުން ލޭފޭއްދުން ކުރިމަތިކުރުވާ ބަލިތަކުގެ ތެރޭގައި ރީނދޫ ހުން ހިމެނެއެވެ. ރީނދޫ ހުން މިނަން ނިސްބަތްކުރެވެނީ ރީނދޫ ހުން ޖެހުމާއި ގުޅިގެން ކުރިމަތިވާ ރީނދޫވުން އަށެވެ. ރީނދޫ ހުން ޖައްސާ ވައިރަސް އަކީ އާރްއެންއޭ ވައިރަސް އެކެވެ.

ރީނދޫ ފެތުރެނީ މަދިރީގެ ސަބަބުންނެވެ.

ރީނދޫ ހުން ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ރީނދޫވުން، އަދި ހަށިގަނޑުގެ ބައިތަކުން ލޭފޭއްދުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ގުރުދާ ފޭލްވުން ކުރިމަތިވުމުން ފެންނަ އަލާމާތްތައް ވެސް ފެނިގެން ހިގައިދާނެއެވެ.