ރަންބީރު ކަޕޫރު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ރަންބީރު ކަޕޫރަކީ ރިޝީ ކަޕޫރު އާއި ނީޓޫ ސިންގ ގެ ފިރިހެން ދަރިފުޅެވެ. ރަންބީރު ކަޕޫރު ގެ ފުރަތަމަ ފިލްމް މިއަހަރުގެ ތެރޭގައި ރިލީޒް ވާނޭ ކަމަށް ބެލެވެއެވެ. ރަންބީރު ކަޕޫރު ހިންދީ ފިލްމީ އޮޅިގަނޑު ގިރާކުރުމަށް ނިންމާފައިވާ ފިލްމް ޑައިރެކްޓަރ ސަންޖޭލީލާ ބާންސަލީގެ ސާވަރިޔާ ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ރަންބީރު ކަޕޫރު އަކީ ކަޕޫރު ޚާންދާން ފިލްމީ އޮޅިގަނޑު ގިރާކުރާ އެންމެ ހަގު ފަރާތެވެ. އަދި މުސްތަގުބްލްގައި ކަޕޫރު ޚާންދާންގެ ނަން ހިންދީ ފިލްމީ މަސްރަހުގައި ދިރުވާނެ ފަރާތަކަށް ރަންބީރު ކަޕޫރު ވާނޭކަމަށް ތަފާތު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރަންބީރު ކަޕޫރު އާއެކު މިބުނި ފިލްމް ސާވަރިޔާގައި ހަރަކާތްތެރިވާނީ ހިންދީ ފިލްމީ ބަތަލު އަނިލް ކަޕޫރުގެ އަންހެން ދަރިފުޅު ސޮނާމް ކަޕޫރު އެވެ. ދާދި ފަހުން ބޭއްވުނު ޒީ ސިނަމާ އެވޯޑްގައި މިދެމީހުން އެކުގައި ސާވަރިޔާ އިން ފެނިގެންދާނެ ކަމަށް ރިޝީ ކަޕޫރު ވެސް ވަނީ ބެލުންތެރިންނަށް ޔަގީންކޮށް ދީފައެވެ.

ރަންބީރު ކަޕޫރު ވަނީ މީގެ ކުރިން ޑައިރެކްޓަރ ސަންޖޭލީލާ އަށް ތަފާތު ފިލްމްތައް ހެދުމުގައި އެހީތެރި ވެދީފައެވެ. އެގޮތުން ދޭވްދާސް އަދި ބްލެކް ހެދުމުގައި ރަންބީރު ކަޕޫރު ވަނީ ބައިވެރި ވެފައެވެ. ރަންބީރު ކަޕޫރުގެ ފުރަތަމަ ފިލްމް ނުނިކުންނަނީސް މިހާރު ވެސް ދެފިލްމެއް ކުޅުމުގެ ފުރުޞަތު ލިބިފައި ވެއެވެ. އެއީ ކަލާޝް އަދި ދޫމް3 އެވެ.

ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

ފިލްމް ފެއަރ އެވޯޑް[އުނިއިތުރު ގެންނަވާ]

  • 2008 - ފިލްމް ފެއަރ ބެސްޓް މޭލް ޑެބިއުޓް އެވޯޑް ( ސާވަރިޔާ )

ސްޓާރ ސްކްރީން އެވޯޑް[އުނިއިތުރު ގެންނަވާ]

  • 2008 - މޮސްޓް ޕްރޮމައިޒިންގ ނިއުކަމަރ ( ސާވަރިޔާ )
  • 2008 - ނޮކިއާ ފިއުޗަރ އޮފް އެންޓަޓެއިންމަންޓް އެވޯޑް

ސްޓާރޑަސްޓް އެވޯޑް[އުނިއިތުރު ގެންނަވާ]

  • 2008 - ސްޕާރ ސްޓާރ އޮފް ދަ ފިއުޗަރ - މޭލް ( ސާވަރިޔާ )

އެހެނިހެން އެވޯޑްތައް[އުނިއިތުރު ގެންނަވާ]

  • 2007 - ސްޓާރސް ސަބްސެ ފޭވަރިޓް ކޯން އެވޯޑް - ސަބްސެ ނަޔޭ ހީރޯ (ސާވަރިޔާ )
  • 2007 - އެޗްޓީ ކެފޭ ފިލްމް އެވޯޑް - ބެސްޓް ނިއުކަމަރ އެވޯޑް - (ސާވަރިޔާ)
  • 2008 - ރީބޮކް ޒޫމް ގްލޭމް އެވޯޑް - ގްލޭމް ޑެބިއުޓެންޓް - (ސާވަރިޔާ)
  • 2008 - ބޮލީ ސްޕައިސް ޗޮއިސް އެވޯޑް - ބެސްޓް ނިއުކަމަރ (ސާވަރިޔާ)
  • 2008 - ބޮލީ ސްޕައިސް ޗޮއިސް އެވޯޑް - ޖޯޅީ އޮފް ދަޔިއަރ ސޯނަމް ކަޕޫރާއެކު(ސާވަރިޔާ)