ނެލްސަން ސިންޑްރޯމް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ނެލްސަން ސިންޑްރޯމް(އިނގިރޭސި ބަހުން: Nelson's syndrome ) އަކީ އެޑްރީނަލް ގްލޭންޑް ނެގުމަށްފަހު ޕިޓޫއިޓަރީ އެޑިނޯމާ އާދަޔާ ޚިލާފަށް އަވަހަށް ބޮޑުވުމެވެ. އެޑްރީނަލް ގްލޭންޑް ނެގުން އަކީ ކުޝިންގ ސިންޑްރޯމް ގެ ފަރުވާގެ ގޮތުގައި ކޮށްއުޅޭ ކަމެކެވެ. އެޑްރީނަލް ގްލޭންޑް ނަގައިފިނަމަ ކޯޓިޒޯލް އެއް ނުއުފައްދާނެއެވެ، މާނައަކީ ކޯޓިޒޯލްގެ ނެގެޓިވް ފީޑްބެކް އެއް ނުހުންނާނެއެވެ. އެހެން ކަމަށް ވެއްޖެނަމަ ކުރިން އުފެދިފައި ހުރި ޕިޓޫއިޓަރީ އެޑިނޯމާ އެއްނަމަ ވަރަށް ފަސޭހަ ކަމާއެކު ބޮޑުވެގެންދާގޮތް ވެއެވެ.

ޕިޓޫއިޓަރީ އެޑިނޯމާ ފަދަ ޓިއުމަރެއް ބޮޑުވާނަމަ ސިކުނޑި އަށް ފިތޭގޮތް ވެއެވެ. އަދި އެޑްރީނޯ ކޯޓިކޯ ޓްރޮޕިކް ހޯރމޯން، އާއި މިލަނޯސައިޓް ސްޓިމިއުލޭޓިންގ ހޯރމޯން އުފައްދާ މިންވަރު އިތުރުވެގެން ދެއެވެ.

މިބަލި ޖެހުމުން ފެންނަ އެންމެ އާންމު އަލާމާތްތަކަކީ މަސްތަކުގެ ވަރުދެރަވުން، އަދި ހަންގަނޑުގެ ކުލަ ގަދަވުން ފަދަ ކަންތައްތަކެވެ. މިހާރު މިބަލި ޖެހޭ މިންވަރު ވަނީ ދަށްވެފައެވެ. ސަބަބަކީ ދެ އެޑްރީނަލް ގްލޭންޑް ނަގަނީ ވަރަށް މަދު ޙާލަތެއްކަމުގައިވުމެވެ.

މިބަލި ފުރަތަމަ ހޯދާފައިވަނީ 1960 ވަނަ އަހަރު އެމެރިކާގެ ޑޮކްޓަރެއް ކަމުގައިވާ ޑރ ޑޮން ނެލްސަން އެވެ.[[[en:Nelson's syndrome