ނެފްރޮޓިކް ސިންޑްރޯމް

ވިކިޕީޑިއާ އިން

ނެފްރޮޓިކް ސިންޑްރޯމް(އިނގިރޭސި ބަހުން: Nephrotic syndrome) އަކީ ގުރުދާއަށް ޖެހޭ ބައްޔެކެވެ. މިބަލިޖެހުމުން ހެދޭ ޓެސްޓްތަކުން އަންނަނިވި ކަންތައްތައް ފާހަގަ ކުރެވޭނެއެވެ.

  • ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން އިތުރުވުން
  • ލޭގައި ޕްރޮޓީން މަދުވުން
  • މުޅި ހަށިގަނޑު ފޮއްސިވެ ދުޅަވުން
  • ލޭގައި ކޮލެސްޓްރޯލް ގިނަވުން

ނެފްރޮޓިކް ސިންޑްރޯމް ގައި އެންމެ ފުރަތަމަ ފާހަގަކުރެވޭނެ ކަމަކީ ލެބޯޓްރީ ޓެސްޓްތަކުން ކުޑަކަމުދާ ތަކެތީގައި އާދަޔާ ޚިލާފަށް ޕްރޮޓީން އިތުރުވެފައި ވުމެވެ.


ފިހުރިސްތު

[އުނިއިތުރު ގެންނަވާ] ސަބަބުތައް

  • ޕްރައިމަރީ ގްލޯމެރިޔޫލޯ ނެފްރައިޓިސް
  • ދިފާޢީ ނިޒާމް އަށް ޖެހޭ ބައެއް ބަލިތައް : މިސާލު: ސިސްޓެމިކް ލޫޕަސް އެރިތްމަޓޯސިސް

[އުނިއިތުރު ގެންނަވާ] ބައެއް ކަހަލަ އިންފެކްޝަންތައް

  • އެއިޑްސް ބަލި
  • ފުރަމޭ ދުޅަވުން : ހެޕަޓައިޓިސް ބީ، އަދި ހެޕަޓައިޓިސް ސީ
  • ސިފިލިސް
  • މެލޭރިޔާ
  • ބިލްހާރުސިއޭސިސް
  • އިންފެކްޓިވް އެންޑޯކާޑައިޓިސް

[އުނިއިތުރު ގެންނަވާ] ބައެއް ކަހަލަ ވިހަތައް

  • ބައެއް މައުދަންތައް : ރަން ، އަދި ދިރޭ ރަހަ
  • ބައެއް ބޭސްތައް : ކެޕްޓޮޕްރިލް، ޕެނިސިލަމިން
  • ހިރޮއިން

[އުނިއިތުރު ގެންނަވާ] މެޓަބޮލިކް ޑިޒީޒް

  • ޑައެބެޓިކް ނެފްރޮޕަތީ
  • ރީނަލް އެމިލޯޑޯސިސް

[އުނިއިތުރު ގެންނަވާ] ކެންސަރުގެ ބައެއް ބާވަތްތައް

ހޮޖޯކިން ބަލި، އަދި ސޮލިޑް ޓިއުމަރ

[އުނިއިތުރު ގެންނަވާ] ލޭހޮޅިތަކާ ގުޅުންހުރި ބައެއް ބަލިތައް

  • ރީނަލް ވެއިން ތްރޮމްބޯސިސް
  • އިންފީރިއަރ ވީނާކެވާ ބެދުން
  • ހިތުގެ ކަނާތް ފަރާތް ފޭލްވުން
  • ޕެރިކާޑިއަލް އެފިއުޝަން
  • ކޮންސްޓްރިކްޓިވް ޕެރިކާޑައިޓިސް


[އުނިއިތުރު ގެންނަވާ] އަލާމާތްތައް

[އުނިއިތުރު ގެންނަވާ] ހަށިގަނޑު ފޮއްސިވެ ދުޅަވުން

ނެފްރޮޓިކް ސިންޑްރޯމް އާއި ގުޅިގެން ހަށިގަނޑު ފޮއްސިވެ ދުޅަވަމުން އަންނާނީ މަޑުމަޑުންނެވެ. ބައެއް ފަހަރު ފޮއްސިވުން، ކުޑަވެފައި، އަނެއްކާ އިތުރުވުމަކީ ވެސް ވެދާނެ ގޮތެކެވެ. މިގޮތުން ފުރަތަމަ ފޮއްސިވާން ފަށަނީ ލޮލުގެ ވަށައިގެންވާ ހިސާބު އެވެ. އެއަށްފަހު މޫނެވެ. އަދި އޭގެ ފަހުން ޖިންސީ ގުނަވަނުގެ ވަށައިގެންވާ ސަރަހައްދު، ދެފަޔާއި ދެއަތް އަދި ފިދުމަސްގަނޑު ހިމެނޭ ހިސާބު ފޮއްސިވާގޮތް ވެއެވެ. އަދި ބައެއް ފަހަރު މުޅި ހަށިގަނޑު އެއްކޮށް ފޮއްސިވެ ދުޅަވުމަކީ ވެސް ވެދާނެ ގޮތެކެވެ. މިހާލަތުގައި ބަނޑު ފުފޭގޮތް ވެއެވެ. ބަނޑު ފުފެނީ އެތެރޭ ހަށީގެ ގުނަވަންތަކުގެ ވަށައިގެންލެވިފައިވާ ދުލިފަށަލަ ޕެރިޓޯނިއަމް ގައި ފެން ޖަމާވާގޮތް ވުމުންނެވެ. އަދި މިހާލަތުގައި ފުއްޕާމޭގެ ވަށައިގެންލެވިފައިވާ ދުލިފަށަލަ ޕްލޫރާ އަދި ހިތުގެ ވަށައިގެލެވިފައިވާ ދުލިފަށަލަ ޕެރިކާޑިއަމް ގައި ވެސް ފެންޖަމާވާގޮތް ވެއެވެ.

[އުނިއިތުރު ގެންނަވާ] ހަންގަނޑު ކުލަ މަޑުވެ، ދޮންފޫޑުވުން

ހަންގަނޑުގެ ކުލަ މަޑުވެ ދޮންފޫޑުވާ ގޮތް ވެފައި ހުންނަނީ ހަށިގަނޑު ފޮއްސިވެ ދުޅަވުމުންނާއި، އަދި ލޭމަދުވުން ކުރިމަތިވެފައިވާ ތީއެވެ.

[އުނިއިތުރު ގެންނަވާ] ހަޖަމުކުރާ ނިޒާމްއާއި ގުޅުންހުރި އުދަގޫތައް

ނެފްރޮޓިކް ސިންޑްރޯމް އާއި ގުޅިގެން ހަޖަމުކުރާ ނިޒާމް އާއި ގުޅުންހުރި އުދަގޫތަކުގެ ގޮތުގައި ކުރިމަތިވާ ކަންތައްތަކުގެ ތެރޭގައި ކާހިތްނުވުން، މޭނުބައިކުރުން، ހޮނޑުލުން، އަދި ބޭރަށް ހިންގުން ފަދަ ކަންތައްތައް ހިމެނެއެވެ.

[އުނިއިތުރު ގެންނަވާ] އެހެނިހެން ބައެއް އަލާމާތްތައް

ނެފްރޮޓިކް ސިންޑްރޯމް އާއި ގުޅިގެން ކުރިމަތިވެދާނެ އެހެނިހެން ބައެއް އުދަގޫ ތަކުގެ ތެރޭގައި ޕެރޮޓިޑް ގްލޭންޑް ބޮޑުވުން، ނިޔަފަތި ހުދުވުން، ކަށިފީވުން، އަދި މަސްތަކުގެ ބާރުދެރަވުން ފަދަ ކަންތައްތައް ހިމެނެއެވެ.

[އުނިއިތުރު ގެންނަވާ] ބަލީގައި ދިގުލައި ދިއުމުން ކުރިމަތިވެދާނެ އުދަގޫތައް

  • ފުއްޕާމޭ، ހަންގަނޑު އަދި ޕެރިޓޯނިއަމް ގައި އިންފެކްޝަން އުފެދުމަށް މަގުފަހިވުން
  • ލޭމަދުވުން
  • ލޭހޮޅިތައް ހަރުވުން : މިއީ ލޭގައި ކޮލެސްޓްރޯލް ގިނަވެ، ލޭހޮޅިތަކުގައި ހަރުލުމުންވާގޮތެކެވެ.
  • ލޭހޮޅިތަކުގައި ތްރޮމްބަސް އުފެދުން
  • ލޭގައި ޕޮޓޭސިއަމް މަދުވުން ، އަދި ލޭގައި ކެލްސިއަމް މަދުވުން
  • ދޭތެރެ ދޭތެރެއިން ބަނޑުގައި ރިއްސުން
  • ލޭދަށަށް ދިއުން ،އަދި ޝޮކްޖެހުން
  • ލޭމައްޗަށް ދިއުން އަދި ގުރުދާ ފޭލްވުން
  • ކާތަކެތި ހަށިގަނޑަށް ނުދެމުން
  • ކަށި މަޑުވުން އަދި ކަށި ފީވުން


[އުނިއިތުރު ގެންނަވާ] ޓެސްޓްތައް

[އުނިއިތުރު ގެންނަވާ] ކުޑަކަމުދާ ތަކެތި ތަޙްލީލްކުރުން

[އުނިއިތުރު ގެންނަވާ] ލޭގެ ޓެސްޓްތައް

ލޭގައި ޕްރޮޓީން އެކުލެވޭ މިންވަރު ބެލުން: މިގޮތުން ބަލާ ބެލުމުގައި އަލްބިޔުމިން ގެ މިންވަރު ދަށްކަން ފާޙަގަ ކުރެވޭނެއެވެ. ލޭގައި ކޮލެސްޓްރޯލް އެކުލެވޭ މިންވަރު ބެލުން: މިގޮތުން ބަލާ ބެލުމުގައި ކޮލެސްޓްރޯލްގެ ވައްތަރުތައް ގިނަކަމަށް ފާހަގަ ކުރެވޭނެ އެވެ. ލޭގައި މަޢުދަންތައް އެކުލެވޭ މިންވަރު ބެލުން: މިގޮތުން ބަލާ ބެލުމުގައި ޕޮޓޭސިއަމް އަދި ކެލްސިއަމް ގެ މިންވަރު ދަށްކަން ފާހަގަ ކުރެވޭނެއެވެ. ލޭމަދުވުން ކުރިމަތިވެފައިވާކަން ފާހަގަ ކުރެވޭނެއެވެ. ގުރުދާގެ މަސައްކަތް ހިނގާނުހިގާ ގޮތް ބެލުމަށް ޓެސްޓް ކުރުން

Personal tools

Variants
Actions
ހިޔާލުފުޅުތައް
ސަމުގާ
އަތްމަތީފޮށި
އެހެން ބަސްބަހުން