ނޫމުގު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ނޫމުގު
Vigna radiata

ނޫމުގު(ސައިންޓިފިކް ނަން: Vigna radiata)ނުވަތަ (އިނގިރޭސި ބަހުން: Mung bean)އަކީ މުގުގެ ބާވަތެކެވެ. މިހުންނަނީ ކަޅު ފެހިކުލަ އެއްގައެވެ. މިއީ އާންމުކޮށް އިންޑިޔާގައި ހެދޭ މުގުގެ ވައްތަރެއްކަމަށް ވަނީ ފާހަގަ ކުރެވިފައެވެ. ކުދިކުދިކޮށް ހުންނަ ނޫމުގުގެ ހުންނަނީ ވަށްކޮށެވެ. ނޫގު މުގަކީ ވެސް އެހެނިހެން މުގުގެ ބާވަތްތަކެކޭ އެއްފަދައިން ރިހަ ކެއްކުމަށާއި އެހެނިހެން ތަފާތު ކާނާގެ ބާވަތްތައް ހެދުމުގައި ބޭނުންކުރެވޭ އެއްޗެކެވެ.

ނޫ މުގުއަށް ބައެއް ފަހަރު ފެހި މުގު އޭ ވެސް ކިޔައެވެ. މިހެންކިޔަނީ ނޫމުގުގެ ކުލައަކީ ގަދަ ފެހި ކުލައެއް ކަމަށްވާތީ އެވެ. ނޫމުގު އެންމެ އާންމުކޮށް ހުންނަނީ ޗައިނާގެ ހިސާބުގެ ކެއުންތަކުގައި ކަމަށް ބުނެވެއެވެ.