ނިކަރާގުއާ
| Republic of Nicaragua
República de Nicaragua ފަންވަތް:Es icon
|
||||||
|---|---|---|---|---|---|---|
|
|
||||||
| Motto: En Dios Confiamos ފަންވަތް:Es icon "In God We Trust"[1] |
||||||
| Anthem: Salve a ti, Nicaragua ފަންވަތް:Es icon Hail to thee, Nicaragua |
||||||
| Capital (and largest city) |
Managua 12°9′N 86°16′W / 12.15°N 86.267°W |
|||||
| Official languages | Spanish1, Miskito speaking and other minorities and english | |||||
| Recognised regional languages | none | |||||
| Ethnic groups | 55% Mestizo 35% White (majority being of Spanish, German, Italian, French, or English ancestry) 9% Amerindian) 0.9% Black |
|||||
| Demonym | Nicaraguan | |||||
| Government | Presidential republic | |||||
| - | President | Daniel Ortega (FSLN) | ||||
| - | Vice President | Jaime Morales Carazo | ||||
| Independence | ފަންވަތް:Nobold | |||||
| - | Declared | 15 September 1821 | ||||
| - | Recognized | 25 July 1850 | ||||
| - | Revolution | 19 July 1979 | ||||
| Area | ||||||
| - | Total | 130,373 km2 (97th) 50,193 sq mi |
||||
| - | Water (%) | 7.14 | ||||
| Population | ||||||
| - | July 2009 estimate | 5,891,199 (110th) | ||||
| - | 2005 census | 5,148,098 | ||||
| - | Density | 42/km2 (133nd) 114/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $16.709 billion[2] | ||||
| - | Per capita | $2,698[2] | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $6.365 billion[2] | ||||
| - | Per capita | $1,028[2] | ||||
| Gini (2007) | 40.1 (medium) | |||||
| HDI (2007) | ||||||
| Currency | Córdoba (NIO) |
|||||
| Time zone | (UTC-6) | |||||
| Drives on the | right | |||||
| Internet TLD | .ni | |||||
| Calling code | 505 | |||||
| 1 | English and indigenous languages on Caribbean coast are also spoken. | |||||
| 2 | Significant proportion of information obtained from CIA World Fact Book | |||||
ނިކަރާގުއާ އަކީ މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ ޤައުުމެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް [އުނިއިތުރު ގެންނަވާ]
ނިކަރާގުއާގެ ރަސްމީ ބަހަކީ ސްޕެނިޝް ބަހެވެ. މީގެ އިތުރުން މިސްކިޓޯ ބަހާއި އިނގިރޭސި ބަސް ވެސް ރަސްމީ ދަރަޖައިގައި ބޭނުންކުރެވެއެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ނިކަރާގުއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ މަނަގުއާއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 5 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 107 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. މިއީ 6 މިލިޔަނަށް ވުރެ އާބާދީ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެންމެ އާބާދީ ބޮޑު ޤައުމު ވެސް މެއެވެ. ބިމުގެ ބޮޑުމިނަކީ 130373 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ni. އެވެ. ކޯލިން ކޯޑަކީ +505 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކޮރްދޯބާއެވެ.
ނަން [އުނިއިތުރު ގެންނަވާ]
ނިކަރާގުއާގެ ނަމުގެ އަޞްލާ މެދު މިހާތަނަށް ފުރިހަމަ އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. މީގެ ތެރެއިން އެއް ނަޒަރިއްޔާއަކީ ސްޕޭނު މީހުން މި ސަރަޙައްދަށް އައި އިރު މި ތަނުގެ ވެރިއަކަށް ހުރި ނިކަރާއޯއަށް ނިސްބަތްކޮށް އިސްޕޭނު މީހުން ދިން ނަމެއް ކަމަށް ބުނާ ނަޒަރިއްޔާއެވެ. ދެވަނަ ނަޒަރިއްޔާއަކީ “ވަށައިގެން ފެންގަނޑު އޮންނަ” މި މާނައެވެ. އެހެނީ “އަގުއާ” އަކީ އިސްޕޭނު ބަހުން ފެނަށް ކިޔާ ނަމެކެވެ.
ޖުޣުރާފީ [އުނިއިތުރު ގެންނަވާ]
ނިކަރާގުއާގެ އުތުރުގައި އޮތީ ހޮންޑިއުރަސްއެވެ. ދެކުނުގައި އޮތީ ކޮސްޓަރީކާއެވެ. މި ގައުމުގެ ހުޅަނގުގައި އޮތީ ޕެސިފިކް ކަނޑެވެ. އިރުމަތީގައި އޮތީ ކެރީބިޔަން ކަނޑެވެ.
ތާރީޚު [އުނިއިތުރު ގެންނަވާ]
ނިކަރާގުއާގެ ޤަދީމީ ތާރީޚަށް ބަލާ ކަމުގައިވާނަމަ، މި ޤައުމަކީ ވެސް ޤަދީމީ ޒަމާނުގައި އެމެރިންޑިޔަނުން އުފަލާއެކު ދިރިއުޅެމުން ދިޔަ އެމީހުންގެ ވަޒަނެއްކަން އެނގިގެންދާނެއެވެ. ޕިޕިލް ނަސްލުގެ މީހުން ސެންޓްރަލް މެކްސިކޯއިން ހިޖުރަކޮށްފައިވަނީ މީލާދީން 500 ވަނަ އަހަރުގެ ފަހުންނެވެ. މީލާދީން 15 ވަނަ ޤަރުނު ނިމުނު އިރުގައި މިސަރަޙައްދުގައި ވަޒަންވެރިވެގެން ތިބީ އެމެރިންޑިޔަން ދަރިކޮޅުތަކުގެ މީހުންނެވެ. މީގެ ތެރޭގައި ގިނައީ ކުދިކުދި މަމްލަކާތައް ހަދައިގެން ތިބި ދަނޑުވެރީންނެވެ. ނިކަރާގުއާގެ ޕެސިފިކް އައްސޭރީގައި މި މީހުން ތިބި އިރުގައި، ކެރީބިޔަން އައްސޭރީގައި ތިބީ ޗިބްޗާއިންނާ ގުޅުން ހުރި ޖަމާޢަތްތަކެވެ. މި މީހުންނަކީ މިއަދުގެ ކޮލަންބިޔާ ސަރަޙައްދުން މި ސަރަޙައްދަށް ހިޖުރަކޮށްފައިވާ ބައެކެވެ. އެމީހުން ދިރިއުޅެފައިވަނީ ޝިކާރަކޮށްގެން އުޅުމުގެ ވައްޓަފާޅިޔަށެވެ. ނިކަރާގުއާގެ އިރުމަތީ އައްސޭރީގައި ތިބި މީހުންނަކީ އާއްމުކޮށް ކެރީބިޔަން ސަރަޙައްދުގެ ޖަޒީރާ ރަށްތަކަށް ނިސްބަތްވާ މީހުންނާ އެކު ވަރަށް ބޮޑަށް ވިޔަފާރީގެ ގުޅުން ބެހެއްޓި ބައެއްކަމަށް ފެނެއެވެ. އެހެން ކަމުން ސަގާފަތުގެ ގޮތުންނާއި ގެދޮރު އެޅުމާއި ދިރިއުޅުމުގެ ގޮތުން ވަރަށް ބޮޑު އެއް ގޮތް ކަމެއް މި ދެބައިމީހުންގެ ދެމެދުގައި ހުއްޓެވެ. ނިކަރާގުއާގެ މެދުތެރޭގައި ދިރިއުޅުނު މީހުންނަކީ ޗޮރޮޓޭގާ ދަރިކޮޅުގެ މީހުންނެވެ. މި މީހުން ވަނީ އެ ޤައުމަށް އައިސް ވެރިވެގަތް ސްޕޭނު މީހުންނާ ކައިވެނީގެ ގޮތުން ވަރަށް ގަދައަށް ގުޅި މިއަދު މެސްޓިޒޯއިންގެ ގޮތުގައި ތިބި ނަސްލު އުފަންވުމުގެ ސަބަބަކަށް ވެފައެވެ.
ޑެމޮގްރަފިކްސް [އުނިއިތުރު ގެންނަވާ]
ނިކަރާގުއާގެ އާބާދީގެ 69% އަކީ މެސްޓިޒޯއިންނެވެ. 17% މީހުންނަކީ ދޮން މީހުންނެވެ. 5% އަކީ އެމެރިންޑިޔަނުންނެވެ. 9.0% އަކީ ކަޅު މީހުންނެވެ.
ސަގާފަތު [އުނިއިތުރު ގެންނަވާ]
ނިކަރާގުއާގެ ސަގާފަތަކީ މިއުޒިކާއި އާދަކާދަ އާއި ދީނީ އާދަތައް އެކުލެވިގެންވާ ސަގާފަތެކެވެ. ޔޫރަޕުގެ އަސަރު ވަރަށް ބޮޑަށް ފޯރާފައިވިޔަސް އެމެރިންޑިޔަން ސަގާފަތުގެ ރަހަތަކާއި ކުލަތަކުން މި ސަގާފަތްވަނީ ވަރަށް ބޮޑަށް ޒީނަތްތެރިވެފައެވެ.
އިޤްތިޞާދު [އުނިއިތުރު ގެންނަވާ]
ނިކަރާގުއާއަކީ ދަނޑުވެރިކަމަށް ބަރޯސާވެފައިވާ ޤައުމެކެވެ. އެ ޤައުމުގެ އެކްސްޕޯޓްގެ 60% ޙިއްޞާ ކުރާ މި ޞިނާޢަތުން ކޮންމެ އަހަރަކު ވެސް އެ ޤައުމަށް 300 މިލިޔަނަށް ވުރެ ގިނަ ޑޮލަރު އާމްދަނީގެ ގޮތުގައި ލިބެއެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 2698 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found