ނަރުގިސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ނަރުގިސް

ނަރުގިސް(އިނގިރޭސި ބަހުން: White Rain Lily )ނުވަތަ (އިނގިރޭސި ބަހުން: Zephyranthes candida) އަކީ ދެކުނު އެމެރިކާގެ ބައްރުގައި ހިމެނޭ އާޖެންޓީނާ، އުރުގުއޭ، ޗިލީ އަދި ޕަރަގުއޭ ފަދަ ގައުމު ތަކުގައި ހެދޭ ކަމަށް ފާހަގަ ކުރެވިފައިވާ މާގަހުގެ ވައްތަރެކެވެ. ތަފާތު އެތައް ނަންތަކެއް މިމަލަށްކިޔައި އުޅޭއެވެ. ނަރުގިސްމާ އުފެދިފައި އިންނަ ދަނޑިގަނޑޫ 10-6 އިންޗީގެ ދިގުމިނަށް ދިގުވެގެން ދެއެވެ. ނަރުގިސް ފަތުގެ ފުޅާމިނުގައި 3 މިލިމީޓަރު ހުރެއެވެ. ނަރުގިސްމާ އާންމުކޮށް ހުންނަނީ ހުދު ކުލައަށް ވިޔަސް ބައެއް ފަހަރު ފިޔާތޮށި ކުލަ އަށް ވެސް ހުރެއެވެ.