ހުއިފަތު ބޮއްމަސް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ހުއިފަތު ބޮއްމަސް

ހުއިފަތު ބޮއްމަސް(ސައިންޓިފިކް ނަން: Histrio histrio)ނުވަތަ (އިނގިރޭސި ބަހުން: Sargassum frogfish) އަކީ ބޮއްމަހުގެ އެހެނިހެން މަސްމަހާ ޚިލާފަށް މޫދުގައި މަތީބައިގައި އުޅޭ މަހެކެވެ. މިއީ ކުޑަ އިސްކޮޅެއްގެ މަހެކެވެ. އެންމެ ބޮޑުވަނީ 19 ސމ އަށެވެ. ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނެވެ. މަހެކެވެ. މިބާވަތުގެ މަހަށް ރާއްޖޭގައި ވަކި ޚާއްޞަ ނަމެއްކިޔާ ނޫޅޭތީ މަހުގެ ސިފަޔަށާއި އިގިރޭސި ނަމަށް ވިސްނާ ހުއިފަތު ބޮއްމަސް ކިޔާ ނަންދީފައިވަނީ އެވެ. މިމަސް ގިނައިން ފެންނަނީ އިރުވައި މޫސުމުގެ މަޑު ދުވަސްވަރު ރާއްޖޭގެ އިރުމަތީ ފަރާތަށް ގޮނޑުވާ ހުއިފަތްތަކުގެ ތެރެއިން އެހުއިފަތާ އެއްކުލައަށް ހަށިގަނޑުގެ ކުލަ ބަދަލުކޮށްގެން މަޑުމަޑުން އޮޔާ ދަތުރުކުރާ ތަނެވެ. ފުރަތަމަ ކަށި އެހެނިހެން މަސްމަހާ ޚިލާފަށް ވަދެއްގެ ގޮތަށް އުފެދިފައި ހުރެއެވެ. މިވަދުން އެހެން ކުދި މަސްމަހާމެހި އޭގެ ކައިރިއަށް ގެނުވާފަދަ ކުދި ލުއްކިތަކެއް ޖަހާ މަސް ގާތްވުމުން މަހުގެ މައްޗަށް ވާގޮތަށް ހުންނަ ބޮޑު އަނގައިން ކާނާއެކުގައި ޝިކާރަކޮށްލައެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި ވަކިވަކިން ހުންނަ 3 ހަރުކަށި ހުރެއެވެ. މަހުގެ ހަންގަނޑު އޮމާނެވެ. މަހުގައި ހުންނަނީ ހުއިފަތު ފެހިކުލައެވެ. މުޅި މަހުގައި ފަނޑު މުށި ކުލައަކުން ކުރެހުންތަކެއް ހުރެއެވެ. މަހުގެ ބަނޑުދަށުގެ ކުލަ ފަނޑުވާނެއެވެ.